English Edition
Dhivehi Edition
ބީސީސީ އިންހިންގާ އޮތެންޓިކް މޯލްޑިވްސްގެ ފިހާރަ އެއް ފޮޓޯ: އޮތެންޓިކް މޯލްޑިވްސް

އެސްޓީއޯ އެލައިޑް ބިލްޑިންގގައި ހުޅުވުމަށް ނިންމާފައިވާ “އެސްއެމްއީ ހަބް”ގެ ފޮތް ފިހާރައިގައި ފޮތް ވިއްކުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް އިން މިއަދު ކުރި އިއުލާނެއްގައި ވަނީ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން މިއަހަރުގެ ތެރޭގައި ހުޅުވުމަށް ނިންމާފައިވާ “އެސްއެމްއީ ހަބް”ގެ ފޮތް ފިހާރައިގައި ފޮތް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާކަމަށެވެ. ސީސީއިން މިފަދަ ހަބެއް ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ އެކި ދާއިރާތަކުން ވިޔަފާރި ކުރައްވާ ބޭފުޅުންނަށް މާކެޓް އެކްސެސް ހޯދައިދީ، އިތުރު ހަރުފަތަކަށް ގެންދިއުމަށް އެހީތެރިވެދިނުންކަމަށް ބިޒްނަސް ސެންޓަރުން ވަނީ ބުނެފައެވެ.

މިގޮތުން ޗާންދަނީ މަގުގައި ހުންނަ އެލައިޑް ބިލްޑިންގގައި ހުޅުވުމަށް ނިންމާފައިވާ މި ހަބުގެ ގްރައުންޑް ފްލޯގައި ހުޅުވުމަށް ހަމަޖެހިފައިވާ ފޮތް ފިހާރައިގެ އެންމެ މައިގަނޑު މަޤްސަދަކީ މިފަދައިން ދިވެހި ލިޔުންތެރީންނަށް ފޮތް ވިއްކުމުގެ ފުރުސަތު ފަހި ކޮށްދީ، މާކެޓް އެކްސެސް ހޯދައިދިނުންކަމަށް ބިޒްނަސް ސެންޓަރުން ވަނީ ބުނެފައެވެ.

މި ފޮތް ފިހާރައިގައި ފޮތް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން މިކަމަށް ހާއްސަކޮށްފައިވާ ފޯމު ފުރިހަމަކުރުމަށްފަހު، 2 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އީމެއިލް މެދުވެރިކޮށް ނުވަތަ ބީސީސީގެ މައި އޮފީސް މ. ކަނީރުވިލާގެ ފުރަތަމަ ފަންގިފިލާ އަށް ހުށަހެޅުމަށް އެ ސެންޓަރުން ވަނީ އެދިފައެވެ.