English Edition
Dhivehi Edition
ބީސީސީގެ ގއ. ވިލިނގިލި އައުޓްލެޓް - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އައްޑޫ ސިޓީގައި ގާއިމުކުރަން ހަމަޖެހިފައިވާ ގާމެންޓް ފެކްޓަރީއަށް ކޮންސަލްޓެންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

ބީސީސީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ ޕްރޮޖެކްޓަށް ރެޖިސްޓަރ ވުމުގެ ފުރުޞަތު 21 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވިފައި ވާނެ ކަމަށާއި، މި ލިންކް މެދުވެރިކޮށް ރެޖިސްޓަރ ވެވޭނެ ކަމަށެވެ. އެ ޕްރޮޖެކްޓާއި ބެހޭ މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 21 ޑިސެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00 ގައި ޒޫމް މެދުވެރިކޮށް ކަމަށާއި، މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް ހާޒިރީ ނުދެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

މީގެ އިތުރުން އެ ޕްރޮޖެކްޓަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހު ކަމަށާއި، ބީލަން ހުށަހަޅާނީ [email protected] އަށް ޕާސްވޯޑް ޕްރޮޓެކްޓް ކުރެވިފައިވާ ފައިލެއްގައި ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.

އެ މަސައްކަތަށް ހުށަހަޅާ ފަރާތްތަކަށް މާކުސް ދިނުމުގައި ބަލާނެ ކަންތައްތައް:

  • މަސައްކަތުގެ އަގު – އެންމެކުޑަ އަގު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން (40%)
  • ޝަރުތު – މަސައްކަތާއި ގުޅޭ ދާއިރާއަކުން ބެޗެލާރސް ޑިގްރީ ނުވަތަ އެއާއި އެއްވަރު ސަނަދެއް ހާޞިލްކޮށްފައިވާނަމަ ފުލް މާރކްސް ދެވޭނެއެވެ. (20%)
  • ތަޖުރިބާ – ތަޖުރިބާއަށް މާރކްސްދެވޭނީ، ކޮށްފައިވާ މިފަދަ މަސައްކަތްތައް ނިންމިކަމުގެ ރިފަރެންސް ލެޓަރ ހުށަހަޅާފައިވާނަމަ ކޮންމެ މަސައްކަތަކަށް 5 ޕޮއިންޓެވެ. ގިނަވަގެން މިބަޔަށް ލިބޭނީ 40 ޕޮއިންޓެވެ. (40%)