English Edition
Dhivehi Edition

އެމްޓީސީސީގެ ހުނަވަރު ޕްރޮގާރާމްގެ ދަށުން ބަސް ޑްރައިވަރުން ތަމްރީންކުރުން ނިންމާ، އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޓީސީސީ އިން މިއަދު ކުރި އިއުލާނެއްގައި ވަނީ 14 އަންހެން ބަސް ޑްރައިވަރުން ތަމްރީނުކުރުމަށް ނިންމާފައެވެ. 03 މަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން ހަފްތާއަކު 06 ދުވަހު، ދުވާލަކު 08 ގަޑިއިރު މަސައްކަތްކުރަން ޖެހޭއިރު، ޕްއިޑް އޮކިއުޕޭޝަނަލް ސިކް ލީވް އަށް 10 ދުވަސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވުމާއެކު،A1/A0 ކެޓަގަރީގެ ލައިސަންސް ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައި ވުން ހިމެނެއެވެ. މީގެ އިތުރުން މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ސިއްޚަތު ރަގަޅު ފަރާތަކަށްވުމުގެ އިތުރުން ކުށުގެ ރެކޯޑް ނެތް ފަރާތަކަށް ވުން ހިމެނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް 5000 ރުފިޔާގެ އެލަވަންސްއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަމްރީން ޕްރޮގްރާމްގައި 14 އަންހެން ބަސް ޑްރައިވަރުން ގެ އިތުރުން، 12 ބަސް ޑްރައިވަރުން ތަމްރީނުކުރުމަށް ވަނީ ހަމަޖެހިފއެވެ. 03 މަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން ހަފްތާއަކު 06 ދުވަހު، ދުވާލަކު 08 ގަޑިއިރު މަސައްކަތްކުރަން ޖެހޭއިރު، ޕްއިޑް އޮކިއުޕޭޝަނަލް ސިކް ލީވް އަށް 10 ދުވަސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވުމާއެކު،B1 ކެޓަގަރީގެ ލައިސަންސް ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައި ވުން ހިމެނެއެވެ. މީގެ އިތުރުން މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ސިއްޚަތު ރަގަޅު ފަރާތަކަށްވުމުގެ އިތުރުން ކުށުގެ ރެކޯޑް ނެތް ފަރާތަކަށް ވުން ހިމެނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް 5000 ރުފިޔާގެ އެލަވަންސްއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އެ ކުންފުނިން ކުރި އިއުލާނުގައި ބުނީ، ތަމްރީންކުރުން ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ތަމްރީނުގެ ފުރުސަތު ނުދިނުމުގެ އިޚްތިޔާރު އެ ކުންފުންޏަށް ލިބިގެންވާކަމަށެވެ.

އެމްޓީސީސީ އިން ވަނީ މިމަޤާމްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން އެ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 2022 އޭޕްރީލް 07 ވަނަ ދުވަހުގެ 00:00 ކުރިން އެޕްލިކޭޝަން ހުށަހަޅެމަށް އެދިފައެވެ.