English Edition
Dhivehi Edition

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއާ ޑެވިޑްބެކަމް ގެ ދޮށީ ދަރިފުޅު ބްރޫކްލީން ބެކަމް ކައިވެނި ކޮށްފިއެވެ.

ބްރުކްލީން ކައިވެނި ކޮށްފައިވަނީ ދުވަސްވަންދެން އޭނާ ރައްޓެހިވެގެން އުޅުނު މަޝްހޫރު މޮޑެލް ނިކޮލާ ޕެލްޓްޒް އާއެވެ.

3.5 މިލިއަން ޑޮލަރު ހޭދަ ކޮށްފައިވާ ކައިވެނީގެ ހަފްލާގެ ފޮޓޯތައް މިދެމީހުން މީސްމީޑިއާގައި ހިއްސާ ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ބްރޫކްލިން ނިކޮލާ އާއި ރައްޓެހިވުމުގެ ކުރިން ވަނީ ފްރެންޗް ލަވަކިޔުން ތެރިއެއް ކަމަށްވާ ސޯނިއާ ބެން އައްމާރ، ކެނެޑިއަން މޮޑެލް ލެކްސީގެ އިތުރުން ފިލްމީ ތަރި ކްލޯއީ ގްރޭސް އާ ލޯބީގެ ގޮތުން ގުޅިފައެވެ.

ނިކޮލާއާއި ބްރޫކްލީން ރައްޓެހި ވުމަށްފަހު އެންގޭޖްވެ އަމިއްލަ ގެއަކަށް ދެމީހުން ވަނީ ދިރިއުޅުން ބަދަލުކޮށްފައެވެ. އުމުރުން 27 އަހަރުގެ ނިކޮލާއާއި 23 އަހަރުގެ ބްރޫކްލީން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފުރަތަމަ ދުވަސް ކޮޅު ބްރޫކްލީންގެ މަންމަ ވިކްޓޯރިއާ އެގުޅުމަށް ހިތްހަމަ ނުޖެހޭކަން މީގެ ކުރިން މީޑީއާތަކުން ރިޕޯރޓް ކޮށްފައި ވެއެވެ. ނަމަވެސް ދެ މީހުން އެންގޭޖް ވުމަށްފަހު ވިކްޓޯރިއާއި އޮތް ގުޅުން ރަނގަޅުވެގެން ދިޔަކަން ފާހަގަވެއެވެ.

ފްލޮރިޑާގައި އޮތް އަގުބޮޑު އެ ރަސްމިއްޔާތުގައި މިދެމަފިރިންގެ ކައިވެނީގެ ހަދިޔާ އެއްގެ ގޮތުގައި ޑޭވިޑްބެކަމް ވަނީ އަގުބޮޑު ކާރެއް ދީފައެވެ. މައުލޫމާތު ލިބޭގޮތުގައި އެކްސްކޭ 140 ޖަގިއޫއަ ކާރުގެ އަގު500،000 ޑޮލަރަށް އަރައެވެ.

ބްރޫކްލީން ބެކަމް އަކީ މޮޑެލެއްގެ އިތުރުން ފޮޓޯގްރާފަރެކެވެ. އޭނާ މޮޑެލް ކުރަން ފަށާފައިވަނީ 2014 ވަނަ އަހަރުއެވެ. 2017 ވަނައަހަރު ބްރޫކްލީން ފޮޓޯނެގުމުގެ ދާއިރާއިން ޑިގްރީ އަދާފައި ވެއެވެ. އަދި 2021 ވަނަ އަހަރު އޭނާ ވަނީ ޕްރޮފެޝަނަލް ޝެފަކަށް ވުމަށް ކައްކަން ދަސްކުރަމުން ދާވާހަކަ ބުނެފައެވެ.