English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

ވަގަށް ނަގާފައިވާކަމަށް ބެލެވޭ ދޮންކެޔޮގަނޑަކާއި އިތުރު ސާމާންތަކެއްގެ ވެރި ފަރާތް ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

މި މަހުގެ 7 ވަނަ ދުވަހު ފުލުހުން އާންމުކުރި މައުލޫމާތުގައި ބުނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތިކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ގަލޮޅު ޕޮލިސް ސްޓޭޝަން ހުރި ތަކެތީގެ ތެރޭގައި އެޕްރީލް 3 ވަނަ ދުވަހު ރަތްވިލާ ގޯޅިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ދޮންކެޔޮގަނޑެއްގެ ވެރި ފަރާތް ހޯދުމަށް ފުލުހުން ވަނީ އިއުލާންކޮށްފައެވެ. މީގެ އިތުރުން

މާރިޗު 31 ވަނަ ދުވަހު ޖަމާލުއްދީން ސްކޫލް ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސެމްސަންގ މޯބައިލް ފޯނަކާއި ހަމަ އެ ދުވަހު ބޮޑުތަކުރުފާނު މަގުން، ބެންކް އޮފް މޯލްޑިވްސް ކައިރިން އާންމުފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 40 ރުފިޔާ ހިމެނެއެވެ.

މީގެ އިތުރުން އެޕްރީލް 5 ވަނަ ދުވަހު ޓެޕްކޮން ކައިރީހުރި ސައިކަލަކުން ފެނިފައިވާ ވެރިއަކުނެތް ކަޅުކުލައިގެ ޓޯކީއަކާއި ހަމަ އެ ދުވަހު އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ވޮލެޓެއް ހިމެނެއެވެ.

މި ތަކެތީގެ ވެރިފަރާތުން، 9631696 އަށް ގުޅައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށްފަހު ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

ޓެގު