English Edition
Dhivehi Edition

ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަށް އިތުރަށް ހަރުދަނާ ކުރުމަށް، ކައުންސިލްތަކަށް ހާއްސަ ކޯލް ސެންޓަރެއް ގާއިމުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ގާއިމްކުރި މި ކޯލް ސެންޓަރުގެ ބޭނުމަކީ އެ މިނިސްޓްރީން ދޭ ހިދުމަތްތަކާ ގުޅިގެން، ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަށް އިތުރަށް ހަރުދަނާކުރުމެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ކޯލް ސެންޓަރުން މެދުވެރިކޮށް ކައުންސިލްތަކާއި މިނިސްޓްރީ އާއި ދެމެދު މުއާމަލާތު ކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން މިނިސްޓްރީން ދެމުންގެންދާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ހިދުމަތްތަކާއި، ބިދޭސީންނާ ގުޅިގެން ދެމުންގެންދާ ހިދުމަތްތަކާއި ބެހޭ މައުލޫމާތު ހިއްސާކުރުމުގައި ވެސް ލުއިތަކެއް ލިބޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޯލް ސެންޓަރުގެ، ކައުންސިލްތަކަށް ހާއްސަ ނަންބަރު ތަކަކީ 3335007، 3335770، 3335773 އަދި 3335776 އެވެ.