English Edition
Dhivehi Edition
މަޖިލިސް

ޓްރޭޑްމާކްގެ ބިލަށް އާންމުގެ ހިޔާލުހޯދުމަށް މިއަދު ހުޅުވާލައިފިއެވެ.

މިރޭ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ބިލުގެ ދާއިރާގައި ހިމެނޭ ކަންކަމަށް ޢާންމުންގެ ޚިޔާލު ލިބުމަކީ، ސަރުކާރުގެ މި މުހިއްމު މަސައްކަތަށް ލިބިގެންދާނެ އިތުރު ފުރިހަމަކަމެއް ކަމުގައި ދެކި، ޢާންމުންގެ ޚިޔާލު ހުށަހެޅުއްވުމަށް އެދޭ ކަމަށް ވުޒާރާ އިން ބުންޏެވެ. ޓްރޭޑްމާރކުގެ ބިލާ ގުޅޭގޮތުން އެއްވެސް ފަރާތެއްގެ ޚިޔާލެއްވާނަމަ، 14 އޭޕްރިލް 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން [email protected] މެދުވެރިކޮށް ނުވަތަ ލިޔުމުން އެ ވުޒާރާއަށް އެ ޚިޔާލެއް ފޮނުއްވައިދިނުމަށް ވަނީ އެދޭކަމަށެވެ.

އެ މިނިސްޓްރީން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ފުރިހަމަކުރެއްވުމަށް ކަނޑައަޅުއްވާފައިވާ މަގުޗާޓުގައި ހިމެނޭ ކަމެއްކަމުގައިވާ ދިވެހިރާއްޖޭގައި ފިކުރީ މުދާ ޙިމާޔަތްކޮށް ފިކުރީ މުދަލާގުޅޭ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ޤާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން ދިވެހިރާއްޖޭގައި ޓްރޭޑްމާރކާ ގުޅުންހުރި ޙައްޤުތައް ރަޖިސްޓަރީކޮށް ރައްކާތެރިކުރުމުގެ ޤާނޫނީ އޮނިގަނޑެއް ގާއިމުކުރުމަށްޓަކައި ޓްރޭޑްމާރކްގެ ބިލު އެކުލަވާލައި އާންމުންގެ ޚިޔާލަށް ހުޅުވާލާފައިވާ ކަމަށެވެ.

“މި ބިލު އެކުލަވާލުމުގެ އެންމެ މުހިންމު މަޤްޞަދަކީ، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާހައުލެއް ޤާއިމުކުރުމަށްޓަކައި ޓްރޭޑްމާރކް ރަޖިސްޓަރީ ކޮށްދިނުމާގުޅޭ ނިޒާމެއް ޤާއިމުކޮށް އެކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައަޅައި، ޓްރޭޑްމާރކް، އަދި އެހެނިހެން ފިކުރީ މުދަލާ ގުޅޭ ޙައްޤުތައް ތަންފީޒުކޮށް، ހިންގުމަށްޓަކައި އިދާރީ އޮނިގަނޑެއް އެކުލަވާލުން,”

މިޤާނޫނާއި މިޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ އުސޫލު އަދި ޙައްޤު ގެއްލޭ ފަރާތްތަކަށް ލިބިދޭ ފަރުވާ ބަޔާންކުރުމެވެ.