English Edition
Dhivehi Edition
އިކޮނޮމިކް މިނިސްޓްރީއާއި ޗައިނާއާއި ދެމެދު ކުރިއަށް ދިޔަ މަޝްވަރަތަކުގެ ތެރެއިން: -

ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދުގައި އޮންނަ ރަސްމީ ގުޅުމަކީ ހަމައެކަނި ރަހުމަތްތެރިކަމުގެ ގުޅުމެއް ނޫން ކަމަށާއި، މިހާރު އެ ގުޅުން ވަނީ ވިޔަފާރިއާއި އިޤްތިޞާދީ ގުޅުމަކަށް ބަދަލުވެފައިކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ ޗައިނާގެ ޔުނާން ޕްރޮވިންސްގެ ވަފުދަކާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް އިތުރަށް ވަރުގަދަކޮށް، އެކުގައި މަސައްކަތް ކުރެވިދާނެ ދާއިރާތައް ދެނެގަތުމަށް މަޝްވަރާކުރެވުނު ކަމަށެވެ. އެގޮތުން ޗައިނާގައި ބާއްވާ އިންޓަރނޭޝަނަލް ފެއާތަކުގައި ރާއްޖެ ބައިވެރިވުމާއި، ކުޅިވަރުގެ ދާއިރާ ޚާއްޞަކޮށް ޓޭބަލްޓެނިސްގެ ދާއިރާއިން ހުނަރުވެރިކަން އިތުރުކޮށް، ތަމްރީނު ޕްރޮގްރާމްތައް ރާވައި ހިންގުމުގައި ޗައިނާގެ އެހީތެރިކަން ހޯދުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް ވިދާޅުވިއެވެ.

ޗައިނާގެ ޔުނާން ޕްރޮވިންސްއަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ސަރަހައްދެއް ކަމަށާއި، މި ދަތުރުގެ ސަބަބުން އެ ގުޅުން އިތުރަށް ބަދަހި ކުރެވި، ދެ ގައުމުގައި ހުރި އިޤްތިޞާދީ ފުރުޞަތުތައް ހޯދައި، އެކުގައި މަސައްކަތް ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވި އެވެ.

ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތްކަމަކީ ވިޔަފާރީގެ ގޮތުން ގުޅުން ބަދަހި ކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ދެ ގައުމުގެ ދެމެދު އޮތް ރަސްމީ ގުޅުން މިހާރު ވަނީ އިޤްތިޞާދީ ޕާޓްނަރޝިޕަކަށް ބަދަލުވެފައި ކަމުގައި ވެސް ވިދާޅުވި އެވެ.

ޗައިނާގެ ވަފުދުން ރާއްޖެއަށް މި ކުރެއްވި ދަތުރަށް އިކޮނޮމިކް މިނިސްޓަރ ޝުކުރު އަދާކުރައްވައި، ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން މިހާރު ވަނީ އިޤްތިޞާދީ ޕާޓްނަރޝިޕަކަށް ވެގެންދިޔަ ކަމުގެ އުފާކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.