English Edition
Dhivehi Edition
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ފޮޓޯ: ޕީޕީއެމް

ރައީސް އަބްދުﷲ ޔާމީން ފުރަތަމަ ފަހަރަށް ބައިނަލްއަޤުވާމީ މީޑިއާގައި އިންޑިއާ އާއި ދެކޮޅަށް ވާހަކަފުޅު ދައްކަވައިފިއެވެ.

ދުނިޔޭގެ މަޝްހޫރު ނޫސް އެޖެންސީ “ރޮއިޓާސް” އަށް ރައީސް ޔާމީން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިއާ ސިފައިން ވެސް އަދި ޗައިނާ އާއި އެމެރިކާ ސިފައިން ވެސް ރާއްޖޭގައި ތިބެގެން ނުވާނެކަމަށެވެ.

އިންޑިއާ ސިފައިން ކޮންމެހެން ވެސް ބޭރުކުރަން ޖެހޭކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ މި މަސައްކަތަކީ މިއަހަރު ނިމުމުގެ ކުރިން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އެއްވެސް ގައުމެއްގެ އަސްކަރީ ބޭނުންތަކަށް ބޭނުން ކުރާ ގައުމަކަށް ދިވެހިރާއްޖެ ވާން ބޭނުން ނުވާކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަކީ އަސްކަރީ ބާރުތަކުގެ މަރުކަޒަކަށް ވާން ނޭދޭ ކަމަށެވެ.

1 ކޮމެންޓް
އަބުދު
މާޗް 25, 2022
މިރާއްޖޭގެ ގައުމީ ސަލަމަތަށް ހުރި ނުރައްކަލެއް މި އެއްޗަކީ