English Edition
Dhivehi Edition
ރައީސް ޔާމީން

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން 11 އަހަރަށް ޖަލަށް ލާފައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ގެކޮޅަށް ބަދަލު ކުރަން ނިންމައިފިއެވެ.

ޕީޕީއެމް އިން ބުނީ މިއަދު ރައީސް ޔާމީން ގެއަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށާއި މެންދުރު ފަހު 2:00 ގެ ފަހުން ގެއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

ވ. އާރަށުގެ މައްސަލައިގައި ރިޝްވަތާ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ދެއްވި ފުރަތަމަ މެސެޖްގައި އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މި ދަނޑިވަޅުގައި ވަރަށް އިހްލާސްތެރިކަމާއި އަދަބު ވެރިކަމާއެކު ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވުމަށް، އެދިވަޑައިގަންނަވާ ކަމަށެވެ. އިތުރަށް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ގެއަށް ބަދަލު ކުރެއްވުމަކީ ރައީސް ސޯލިހަށް ގާނޫނީ ގޮތުން ކުރެއްވެވޭނެ ކަމެއް ކަމަށާއި އެކަން ކުރެއްވުމަކީ މިއަދު މި ގައުމުގެ މަސްލަހަތަށްޓަކާ އެންމެ ރަނގަޅު ގޮތް ކަމަށެވެ.