English Edition
Dhivehi Edition
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އުފެއްދަވާ އާ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމަށް ނިންމައިފިއެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައިގެން އަލަށް އުފެއްދި ޕާޓީގެ ނަމާ ލޯގޯ ރޭ އިއުލާންކޮށްފައިވާއިރު އެ ޕާޓީގެ ނަމަކީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އެވެ.

ޕީއެންއެފް އުފެއްދުމާ ގުޅޭ ގޮތުން ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވީ، ޕާޓީ އުފެއްދުމުގެ ކަންކަމާއި ގުޅޭގޮތުން މިއަދު ހެނދުނު 10 ޖަހާއިރު އީސީ އަށް ވަޑައިގަތުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޔާމީންގެ ފަރާތްޕުޅުން ހަތަރު ބޭފުޅަކު ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދުމަށް ނިންމާފައިވާކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.

އިތުރަށް މަލީހު ވިދާޅުވީ އެ ބޭފުޅުންގެ ނަންތައް މިއަދު އެނގިގެންދާނެކަމަށެވެ.