English Edition
Dhivehi Edition

ލަފާފުރާ މީހުންނާއި އާންމު ރައްޔިތުންނަށް އުނދަގޫވާގޮތަށް ގދ.ހޯނޑެއްދޫ ބަނދަރު ސަރަޙައްދުގައި ބަހައްޓާފައިވާ ތަކެތި ނެގުމަށް ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ އިން އިލްތިމާޒްކޮށްފިއެވެ.

ގދ.ހޯނޑެއްދޫ ކައުންސިލުން ބުނީ ލަފާފުރާ މީހުންނާއި އާންމު ރައްޔިތުންނަށް އުނދަގޫވާގޮތަށް ބައެއް ފަރާތްތަކުން ގދ.ހޯނޑެއްދޫ ބަނދަރު ސަރަޙައްދުގައި ބައެއްތަކެތި ބަހައްޓާފައިވާތީ، އެކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުން އަންނަކަމަށެވެ.

ހޯނޑެއްދޫ ބަނދަރު ސަރަޙައްދުގައި ބަހައްޓާފައިވާ އެކިފަރާތްތަކުގެ ތަކެތި މިކައުންސިލްގެ ޤަވާއިދު ނަންބަރ 2013/R-2083 “ޢާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްފައިވާ ތަކެތި ނެގުމާއިބެހޭ ޤަވާއިދު” ގެ ދަށުން އެފަދަ މައްސަލަތައް ބަލައި، އެކަންކަމަށް ޙައްލު ހޯދުމަކީ ކައުންސިލުން ކުރަންޖެހޭ ކަމެއްކަމަށް ގދ.ހޯނޑެއްދޫ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މިއަދުން ފެށިގެން 07 ދުވަހުގެ ތެރޭގައި، ބަނދަރު ސަރަޙައްދުގައި ބަހައްޓާފައިހުރި ތަކެތި ނެގުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ މިމުއްދަތުގެ ތެރޭގައި ބަނދަރު ސަރަހައްދުގައި ހުރިތަކެތި ނުނަގައިފިނަމަ ޤަވާއިދާ އެއްގޮތަށް އެފަރާތްތަކަށް ފިޔަވަޅު އެޅޭނެ ކަމަށެވެ.