English Edition
Dhivehi Edition

ގދ. ހޯނޑެއްދޫގައި އަލަށް ތަރައްގީކުރާ ބަނދަރު ސަރަހައްދަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ކޭބަލް ވަޅުލުމުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފެނަކަ ކޯޕަރޭޝަނުގެ ހޯނޑެއްދޫ ބްރާންޗުން ކުރިއަށްގެންދަނީ އެރަށު ކައުންސިލާއި ރިއްކާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ އެހީތެރިކަމާއެކުގައެވެ.

މަސައްކަތާއި ބެހޭގޮތުން އޭ.އޯ ނިއުސްއަށް މައުލޫމާތު ދެއްވަމުން ގދ. ހޯނޑެއްދޫ ކައުންސިލުގެ ރައީސް ހުސައިން ވާރިޝް ވިދާޅުވީ މަސައްކަތް ނިމިގެންދާއިރު އެ ސަރަހައްދުގައި 09 ކަރަންޓް ޑިސްޓްރިބިއުޝަން ފޮށި ބެހެއްޓިފައި ހުންނާނެ ކަމަށާއި އިތުރަށް އެ ސަރަހައްދަށް ބޭނުންނާ ކަރަންޓާއި ގުޅުންހުރި ހިދުމަތްތައް ދިނުމަށް ކުރަންޖެހޭ މަސައްކަތް ބޮޑުތަނުން ފަސޭހަވެގެން ދާނެ ކަމަށެވެ. ބަނދަރު ބޭނުންކުރާ އާއްމު ރައްޔިތުންނާއި އޮޑިދޯނިތަކަށް ފަސޭހަކަމާއެކު ފެން ލިބޭނެގޮތް ހެދުމުގެ މަސައްކަތްވެސް ފެށުމަށް ކައުންސިލުގެ ވިސްނުން ހުރިކަމަށް ރައީސް މައުލޫމާތުދެއެވެ.

ހޯނޑެއްދޫގައި ޒަމާނީ ފެންވަރަށް ތަރައްގީކުރާ އައު ބަނދަރުގެ މަސައްކަތް އަންނަ އަހަރު ފެށެންވާއިރަށް ނިންމާލެވޭއިރު ހޯނޑެއްދޫގައި މިހާރު ދިމާވެފައިވާ ލަފާފުރުމުގެ މައްސަލައަށް ހައްލު ލިބިގެން ދިއުމަކީ އެރަށު ރައްޔިތުންނަށް ލިބިގެންދާނެ ހިތްހަމަޖެހުމެކެވެ.

ހޯނޑެއްދޫގައި އަލަށް ތަރައްގީކުރާ ބަނދަރުގެ މަޝްރޫއަކީ ހެވީ ފޯރސް ޕްރައިވެޓް ލިމިޓެޑުން ކުރަމުން އަންނަ މަސައްކަތެކެވެ.