English Edition
Dhivehi Edition

ގއ.އަތޮޅުގެ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމަށް އަނެއްކާވެސް އިއުލާންކޮށްފިއެވެ.

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ އަތޮޅުގެ ރަށްރަށުގެ ލޭންޑްޔޫސް ޕްލޭން ހެދުމަށްޓަކައި ކުރެވުނު އިޢުލާނާއި ގުޅިގެން ހުށަހެޅުނު ބިޑްތައް ހުށަހެޅި ތާރީޚުގެ ކުރިން އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައްވާފައިވާތީ ކޮވިޑް 19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލުގެނެވި ބިޑްތައް އޮންލައިން ކޮށް ބަލައިނުގަންނަން ނިންމާފައިވާކަމަށެވެ. އެހެންކަމުން އެ ބިޑްތައް ބާޠިލްކޮށް މިމަސައްކަތަށް އަލުން ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ގއ.އަތޮޅުގެ 6 ރަށެއްގެ ލޭންޑްޔޫސް ޕްލޭން ހަދާ ދެރަށެއްގެ ލޭންޑް ޔޫސް ޕްލޭން ރިވިއު ކޮށްދިނުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 24 މާރިޗް 2022 ވަނަ ދުވަހު ގެ 14.00 ގެ ކުރިން އެ އިދާރާގައި ރަޖިސްޓްރީކުރުމަށް ވަނީ އެދިފައެވެ. މިމަސައްކަތާއި ބެހޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 28 މާރޗް 2022 ވަނަ ދުވަހުގެ 13.30 ގައެވެ.

ގއ.އަތޮޅު ކައުންސިލުން ބުނީ މިމަސައްކަތަށް ހުށަހަޅާ ބިޑްތައް ހުށަޅަންވާނީ 31 މާރޗް 2022 ވާ ބްރާސްފަތި ދުވަހުގެ 13.30 ގައި އެ އިދާރާއަށް ކަމަށެވެ. އަދި ބިޑްތައް އޮންލައިންކޮށް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.

އ އަތޮޅު ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އެންމެ ފުރަތަމަ އިއުލާންކޮށްފައިވަނީ، 3 މާރިޗް 2022ގައެވެ.