English Edition
Dhivehi Edition

ގއ. ވިލިނގިލީގައި 50 ރޯހައުސް ތަރައްގީކުރަން ދޮންބޭސް ޕްރައިިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކޮށްފައިވާ މިމަޝްރޫއުގައި ހިމެނޭ ކޮންމެ ރޯހައުސްއެއް ވެސް ފަރުމާކޮށްފައި ވަނި 02 ފަންގިފިލައަށެވެ. މިއިން ކޮންމެ ގެއެއްގެ ބޮޑުމިނުގައި 700 އަކަފޫޓު ހުންނާނެއެވެ.

އާބާދީ ބޮޑުވަމުންދާ ރަށްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ހައުސިން ޑިޕާރޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ވިޝާންއެވެ. ދޮންބޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ހެޑް އޮފް އޮޕަރޭޝަންސް އަލީ ހަމްދޫންއެވެ.

މިމަޝްރޫއު އެކުންފުންޏާއި ހަވާލުކޮށްފައި ވަނީ 09 މަސް ދުވަހުން ނިންމާ ގޮތަށެވެ. މި މަޝްރޫއުއަށް ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން 48 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރެއެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ މި ރޯހައުސްތަކަކީ 03 ކޮޓަރީގެ ގެތަކެއް ކަމަށެވެ. އެގޮތުން ކޮންމެ ރޯހައުސްއެއްގައި 03 ކޮޓަރި، 03 ފާޚާނަ، ސިޓިން ރޫމް، ބަދިގެ، ކާގެ، ބެލްކަނީ އަދި ލޯންޑަރީ އޭރިޔާއަކާއި ސްޓޯރ ރޫމެއް ހިމެނޭނެ ކަމަށެވެ.