English Edition
Dhivehi Edition
ހުޅުމާލެ ޖަލު - ފޮޓޯ: ރާއްޖެއެމްވީ

ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައި ހުރި މީހަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ،

ރޭ އައިޖީއެމްއެޗް ގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވަނީ 46 އަހަރުގެ މ. މަލަސް/ ކ. މާލެ އިސްމާޢީލް ޝަބީން އެވެ. އޭނާ އަކީ ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައި ހުރި މީހެކެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ ޝާބިން ނިޔާވީ ރޭ 19:00 ގައި ނޭވާލުމަށް އުނދަގޫތަކެއް ހުރުމުން އެމަޖެންސީ ހާލަތުގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ޝާބިން އަކީ ހަކުރު ބައްޔަށް ބޭސް ބޭނުންކުރަމުން ދިޔަ މީހެކެވެ. ކަރެކްޝަނުން ބުނީ ޝާބިންގެ ޖަނާޒާގެ ކަންތައްތައް އާއިލާ އާއި ގުޅިގެން ކުރިއަށް ގެންދާކަމަށެވެ.