English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ސިޓީ ހުޅުދޫ ބަހާއުއްދީން މަގު

އައްޑޫގެ ލޭންޑް ޔޫޒް ޕްލޭން ހެދުމަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ބައްދަލުވުންތަކެއް ބާއްވަން، އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫގެ ލޭންޑް ޔޫޒް ޕްލޭން ހެދުމަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ފުރަތަމަ ބައްދަލުވުން އޮންނާނީ 15 މާރިޗު 2022 ވަނަ ދުވަހު ކަމަށެވެ، މަރަދޫފޭދޫ ރައްޔިތުންނާއެކު ބާއްވާ މި ބައްދަލުވުން އޮންނާނީ މަރަދޫފޭދޫ ސްކޫލްގައެވެ. 16 މާރިޗް 2022 ވަނަ ދުވަހު މަރަދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން މަރަދޫ ސްކޫލްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ހުޅުދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން މި މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު މީދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން އޮންނާނީ 19 މާރިޗު 2022 ގައެވެ.
ހިތަދޫ ރައްޔިތުންނާއި ބައްދަލުކުރުން އޮންނާނީ މި މަހުގެ 20 ވަނަ ދުވަހު އައްޑޫ ހައި ސްކޫލްއި ބޭއްވުމަށް ނިންމާފައިވާއިރު. ފޭދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން، އޮންނާނީ ފޭދޫ ސްކޫލުގައި މި މަހުގެ 24 ވަނަ ދުވަހު އެވެ.
އައްޑޫ ސިޓީ ކައުންސިލުން ވަނީ މިބައްދަލުވުމުގައި އައްޑޫގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.