މި އަހަރު ފާހަގަކުރާ ޤައުމީ ފަތުރުވެރިކަމުގެ ދުވަހު ފުވައްމުލައް ސިޓީގެ ބަނދަރު ސަރަޙައްދުގައި ކަނޑު އުޅަނދުބުރެއް ބޭއްވުމަށް ނިންމައިފިއެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ބުނީދި ވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގައި 3 އޮކްޓޯބަރ 2022ވާ ހޯމަ ދުވަހުގެ 16:00އިން 18:00އަށް ބަނދަރު ސަރަޙައްދުގައި ކަނޑު އުޅަނދުބުރެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
މި އުޅަނދުބުރުގައި ޏ.އަތޮޅު ތައުލީމީ މަރުކަޒު، ހާފިޒް އަހްމަދު ސްކޫލް، ފުވައްމުލައް ސްކޫލް، އެލް.ޖޭ.އެސް، ފުވައްމުލައް އެއަރ ޕޯޓް، ފުވައްމުލައް ހޮސްޕިޓަލް، ފުވައްމުލައް މެޖިސްޓްރޭޓް ކޯޓު، ފުވައްމުލައް ޕޮލިސް ސްޓޭޝަން، ފުވައްމުލައް ޑައިވް ސްކޫލް، އެމް.ޓީ.ސީސީ އަދި ވެމްކޯގެ އިތުރުން ދިރާގުންވެސް ބައިވެރިވުމަށް ވަނީ ނިންމާފައެވެ.
މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު 14:00 ހަމައަށް ވަނީ ހުޅުވާލާފައެވެ. ގައުމީ ހެދުމުގައި ނުވަތަ ރަތްކުލައިގެ ހެދުމެއްގައި ވީހާވެސް ގިނަ ބަޔަކު މި ހަރަކާތުގައު ބައިވެރިވުމަށް ކައުންސިލުން ވަނީ އެދިފައެވެ.