English Edition
Dhivehi Edition

ކުރެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް, އެލިއާ އިންވެސްޓްމަންޓަށް ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމަށް. ހައި ކޯޓުން ތާއީދުކޮށްފިއެވެ.

މެންބަރު ޢަބްދުލްޣަނީގެ މައްޗަށް ސިވިލް ކޯޓުން އެ ޙުކުމްކޮށްފައިވަނީ 2019 ވަނަ އަހަރެވެ.

އެލިއާ އިންވެސްޓްމެންޓުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ, މެންބަރު ޢަބްދުލްޣަނީގެ ލޮގް ވުޑް މޯލްޑިވްސް އިން ދައްކަން ޖެހޭ 455،368 ރުފިޔާ ނުދައްކާ އޮތުމުން އެ ފައިސާ ހޯދުމަށެވެ. އަދި އެ ފައިސާގެ އިތުރުން ގާނޫނީ ވަކީލުންނަށް ދައްކަން ޖެހުނު 68,305 ރުފިޔާއާއެކު ޖުމްލަ 523,673 ރުފިޔާ، އެއް ފަހަރާ ހޯދުމަށް އެލިއާ އިން ވަނީ ދައުވާކޮށްފައެވެ.

ސިވިލް ކޯޓުން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ކުރި އެ ޙުކުމް ޢަބްދުލްޣަނީގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، ހައި ކޯޓުގައި މި މައްސަލަ ބައްލަވާފައި ވަނީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.

ހައި ކޯޓުން ކުރި ހުކުމްގައި ބުނީ، ދެފަރާތުން ޝަރީއަތުގައި ދެއްކި ވާހަކައިން އެ ދެ ކުންފުނީގެ ދެމެދުގައި ހެދި އެއްބަސްވުމުގެ ސައްހަކަމާ މެދު، އެއްވެސް ކުންފުންޏަކުން ސުވާލު އުފައްދާފައިވާ ނުވާ ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރުމަށް ދެ ފަރާތުން ކުރެ އެއްވެސް ފަރާތަކުން އިންކާރު ކޮށްފައިނުވާކަމަށް މި ހުކުމްގައި ވަނީ ބުނެފައެވެ. ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގައި ގެރެންޓާއެއްގެ ގޮތުން ސޮއިކޮށްފައިވަނީ ޢަބްދުލްޣަނީ ކަމަށާއި އެހެން ކަމުން އެގްރީމްނެޓްގައިވެސް ބުނެފައިވާ ގޮތަށް ދަރަންޏަށް ޒިންމާ ނަގަން ޖެހޭނީ ޢަބްދުލްޣަނީ ކަމަށް ހައި ކޯޓުގެ ހުކުމުގައިވަނީ ބުނެފައެވެ.

ސިވިލް ކޯޓުގެ ޙުކުމް ދެމެހެއްޓުމަށް އެ މައްސަލަ ބެއްލެވި ހައި ކޯޓުގެ ތިން ފަނޑިޔާރުން ވެސް ވަނީ އިއްތިފާގުވެފައެވެ