English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީގައި ޒުވާނަކު ‘ދަންޖައްސާ’ މަރާލި ކަމަށް ތުހުމަތުކޮށް ދައްކަމުން ދާ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.

އައްޑޫގައި އުމުރުން 19 އަހަރުގެ ޒުވާން ފިރިހެނަކު ގަޑުކެނޑި ކޯޒްވޭ ބްރިޖް ގައި ދަންޖެހިފައި ހުއްޓާ ފެނިފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މި މަރާއި ގުޅޭގޮތުން ތަފާތު ވާހަކަތަކެއް ދެކެވެމުންދާއިރު، އެ ޒުވާނާ ދަންޖެހިފައި ހުއްޓާ ފެންނަ ފޮޓޯތައްވެސް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އަދި އެ ޒުވާނާ އަމިއްލައަށް ދަންޖެހުނީ ނޫންކަމަށާއި އެއީ 2020 ވަނަ އަހަރު މަރަދޫ ފޭދޫގައި ހިނގި ގޭންގު މާރާމާރީއެއްގެ ސިއްރު ހެއްކެއް ކަމުގައި ބުނެ އޭނާ މަރާލީކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތުކުރަމުންނެވެ.

މި ތުހުމަތުތަކާއި ގުޅިގެން ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެއީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކައެއް ނޫން ކަމަށެވެ. އަދި މަރުވެފައިވާ މީހާއަކީ އެއްވެސް މައްސަލައެއްގެ ހެކިވެރިއެއް ނޫންކަމަށާއި އަދި ތުހުމަތުކުރެވޭ މައްސަލައެއްވެސް އޮތް މީހެއް ނޫންކަމަށެވެ.

މީގެ އިތުރުން ފުލުހުން ވަނީ ނިޔާވެފައިވާ މީހަކާއި ގުޅޭގޮތުން އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތު ފެތުރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

1 ކޮމެންޓް
ޢަލީ
ނޮވެމްބަރު 11, 2024
ޢެ ޢޮޅުާލީ