English Edition
Dhivehi Edition
24 އޮގަސްޓް 2019، މާލެ، "ޖުޑިޝަލް އެކްސްޗޭންޖް އޮން އޯލްޓަނޭޓިވް ޑިސްޕިއުޓް ރިސޮލިއުޝަން" ސަރަހައްދީ މަސައްކަތު ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސިވިލްކޯޓުގެ ފަނޑިޔާރު އާދަމް އިބްރާހިމް-- ވަން ފޮޓޯ: މުހައްމަދު އައުޒަމް

ސިވިލް ކޯޓުގެ ޤާޟީ އާދަމް އިބްރާހިމް އިސްމާޢީލްގެ ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ހާމަކުރި ގޮތުގައި ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ 22-1 ވަނަ މާއްދާގެ (ބ)ގެ ދަށުން ކޮމިޝަނަށް ހުށަހެޅުނު 2021/21 ނަންބަރު ޝަކުވާއާ ގުޅިގެން 2021 ޑިސެމްބަރު 13 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ސިވިލް ކޯޓުގެ ޤާޟީ އާދަމް އިބްރާހިމް އިސްމާޢީލްގެ ސުލޫކީ މައްސަލަ، ތަޙްޤީޤު ކުރެވި އެމައްސަލަ ސާބިތުނުވާކަމަށް 2023 ފެބްރުއަރީ 15 ވަނަ ދުވަހު ބޭއްވި މިކޮމިޝަނުގެ 13 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.