English Edition
Dhivehi Edition
މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ތިންވަނަ ޖަލްސާގައި ޑީއާރުޕީގެ ލީޑަރ، ޢަބްދުﷲ ޖާބިރު ވާހަކަދައްކަވަނީ - ފޮޓޯ: މަޖިލިސް

މެންބަރު އަބްދުﷲ ޖާބިރު ގެ ބަދަލުގައި އެހެން ކެނޑިޑޭޓަކު އެމްޑީޕީން ނެރުން ހުއްޓުވައިދެވެން ނެތްކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފިއެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ކާމިޔާބުކުރެއްވީ ޖާބިރު, ނަމަވެސް އޭނާ ޓިކެޓު ކަށަވަރުކެއްވިފަހުން ވަނީ އެމްޑީޕީން ވަކިކޮށްފައެވެ.

އެމްޑީޕީގެ ސުލޫކީ ކޮމެޓީ ޖާބިރަށް ފިޔަވަޅު އެޅީ މި ފަހުން އާންމު ތަންތަނުގައި ޖާބިރުގެ އަހުލާގީ މިންގަނޑު ދަށްކޮށް ބެހެއްޓުމާއި، އެ މިންގަނޑަށް ނުފެތޭ ބަހުރުވައިން ވާހަކަ ދައްކާފައި ވާތީ ކަމަށް އެމްޑީޕީން ބުނެއެވެ.

މި މައްސަލާގައި ޖާބިރު ސިވިލް ކޯޓަށް ވަޑައިގެން، އެމްޑީޕީން އެހެން ކެންޑިޑޭޓެއް ނެރުން ހުއްޓުވަން ވަގުތީ އަމުރަކަށް އެދިވަޑައިގެނެވިއެވެ. ނަމަވެސް އޭރު މަޖިލިސް އިންތިހާބަށް ކުރިމަތިލާން ހުޅުވާލި ފުރުސަތު ބަންދުވެ، އެ މުއްދަތުގެ ތެރޭގައި އެމްޑީޕީން ކާށިދޫ ދާއިރާއަށް ވާދަކުރާނެ ކެންޑިޑޭޓެއްގެ ފޯމު ވަނީ ހުށަހަޅައިފަ. މިހެންނަކުން ސިވިލްކޯޓުން ނިންމާފައިވަނީ ޖާބިރު ހުށަހެޅުއްވި މައްސަލައިގައި ވަގުތީ ފަރުވާއެއް ކޯޓުން ހޯދެން ނެތްކަމަށެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީން ކާށިދޫ ދާއިރާއަށް ވާދަކުރަނީ ގާނޫނީ ވަކީލު އަދި ރައީސް އޮފީހުގެ ކުރީގެ އަންޑަ ސެކްރެޓަރީ އަބްދުﷲ ނަސީރެއެވެ. ނަމަވެސް ސީރަކީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރި މީހެއް ނޫން. ޖާބިރުއާ، ޕްރައިމަރީގައި ވާދަކުރެއްވީ ޅ. ހިންނަވަރު، އަބްދުﷲ ރިފްއަތެވެ.

އެމްޑީޕީން ވަކިކުރުމުން ޖާބިރު ވަނީ އަމިއްލަގޮތުން ކާށިދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަވައި ފޯމު ހުށަހަޅުއްވާފައެވެ.