English Edition
Dhivehi Edition
ސިވިލް ކޯޓުގެ އިސްޤާޟީއަކަށް ޢައްޔަނުކުރެވުނު އަލްއުސްތާޛް އަޙުމަދު ނިމާލް ޖުނައިދު (ކ) އަދި ކްރިމިނަލް ކޯޓުގެ އިސްޤާޟީއަކަށް ޢައްޔަނުކުރެވުނު އަލްއުސްތާޛް އާދަމް މުޙައްމަދު (ވ)

ސިވިލް ކޯޓުގެ އިސްޤާޟީ އަދި ކްރިމިނަލް ކޯޓުގެ އިސްޤާޟީގެ މަޤާމަށް ބޭފުޅުން ޢައްޔަނުކުރައްވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކޮށްފައިވާ ގޮތުގައި އެ ދެ މަޤާމަށް ކުރިމަތިލީ ފަރާތްތަކާ “ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ”އިން އިންޓަރވިއުކުރުމަށްފަހު ކްރިމިނަލް ކޯޓުގެ އިސްޤާޟީ ކަމަށް ހަމަޖެއްސުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ޅ.ހިންނަވަރު، މާތިލަ، އަލްއުސްތާޛު އާދަމް މުޙައްމަދު ކްރިމިނަލް ކޯޓުގެ އިސްޤާޟީ ކަމަށް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، ސިވިލް ކޯޓުގެ އިސްޤާޟީ ކަމަށް ހަމަޖެއްސުމަށް ކޮމިޝަނަށް ލަފާއަރުވާފައިވާ ގއ.މާމެންދޫ، ފެހިގެ، އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދު އެ މަޤާމަށް ޢައްޔަނުކުރުމަށް ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.

މިގޮތަށް ޖޭއެސްސީން ނިންމާފައިވަނީ 2023 މޭ 03 ވަނަ ދުވަހު ބޭއްވުނު އެ ކޮމިޝަންގެ ބައްދަލުވުމުގައެވެ. އަދި އެ ނިންމުމާ ގުޅިގެން އެ މަޤާމުތަކަށް ޢައްޔަނުކުރެވުނު ބޭފުޅުންނަށް މިއަދު ވަނީ މަޤާމުގެ ފަތްކޮޅު އަރުވައިފައެވެ.