English Edition
Dhivehi Edition

ކޮމިއުނިޓީ އަޕްސްކިލިންގ ޕްރޮގްރާމްގެ (ސީ.ޔޫ.ޕީ) ދަށުން ހިންގޭ މެރިން މެކޭނިކް ސެޓްފިކެޓް 3 ކޯސް ” އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއީ ގއ. ކޮލަމާފުށީ ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ކޮލަމާފުށީ ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސީނިއަރ އެގްޒެކެޓިވް ކޯޑިނޭޓަރ އިބްރާހިމް ދީދީއެވެ.

މިރަސްމިއްޔާތުގައި ކޮލަމާފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ވަހީދު އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ބައެއް އިސްވެރިންނާއި ކައުންސިލް މެމްބަރުންނާއި، މުވައްސާތަކުގެ އިސްވެރިން އަދި ކޯހުގެ ބައިވެރިން ބައިވެރިވެލެއްވިއެވެ.

މެރިން އިންޖިނިއަރިންގ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ޒުވާނުން ތަމްރީނު ކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މިޕޮރްގްރާމަކީ ޔޫތު މިނިސްޓްރީން އަތޮޅުތެރޭގައި ހިންގޭ މިފަދަ ފުރަަތަމަ ޕޮރްގްރާމެވެ.

މިއަދުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ކޮލަމާފުށީގައި ކުރިއަށްދާ މި ކޯހުގައި ޖުމްލަ 22 ޒުވާނުން ބައިވެރިވެފައިވެއެވެ. އަދި މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓެއް ލިބިގެން ދާނެއެވެ.