ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި “ވެށި- ބާރު” ގެ ނަމުގައި، ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަރވަރމެންޓް ގުޅިގެން ކުރިއަށް ގެންދާ ކޮމިޔުނިޓީ ޕްރޮގްރާމް ގެ ދަށުން އައްޑޫސިޓީގައި ޕާރސަނަލް ލީޑަރޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފިއެވެ.
“ޑިސްކަވަރިން އެންޑް ޑިވެލޮޕިންގ ދަ ލީޑަރ ވިތިން ޔޫ” ގެ ނަމުގައި ކުރިއަށް ގެންދާ ޕާރސަނަލް ލީޑަރޝިޕް ޕްރޮގްރާމު ފެސިލިޓޭޓް ކޮށްދެއްވަވާނީ ރާއްޖޭގެ މަޝްހޫރު މޯޓިވޭޝަނަލް ސްޕީކަރި އަދި ލީޑާޝިޕް ކޯޗު, ގްލޯބަލް ކީނޯޓް ސްޕީކަރ ޙުސައިން އަފީފް އެވެ.
އައްޑޫހައިސްކޫލްގައި މި މަހުގެ 6 ވަނަ ދުވަހުގެ ރޭ 20:30 އިން 22:00 އަށް އަށް ކުރިއަށް ގެންދާ މި ސެޝަނުގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރަން މިހާރުވަނީ ފުރުސަތު ހުޅުވާލާފައެވެ. މިއީ މުޅިން ހިލޭ ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ސެޝަނުގައި ރަޖިސްޓްރީ ވުމަށް ތިރީގައިމިވާ ލިންކް ބޭނުން ކުރެވޭނެއެވެ. މީގެ އިރުތުން ޕޯސްޓަރ ގައިވާ ކިއުއާރުކޯޑުން ވެސް ރަޖިސްޓްރޭޝަން ފޯމް ހުޅުވޭނެއެވެ.
https://form.jotform.com/230511886644459
މި ޕްރޮގްރާމް ޚާއްޞަ ކުރަނީ ސްކޫލްތަކުގެ ލީޑަރޝިޕްގައި ހަރަކާތްތެރިވާ އިސް ދަރިވަރުންނާއި ކޮމިޔުނިޓީ ލީޑަރުންނާއި ޖަމިއްޔާ ޖަމާއަތް ތަކުގައި މަސައްކަތް ކުރައްވަވާ ފަރާތްތަކަށާއި، ތަފާތުއެކި ދާއިރާތަކުގައި އިސް ސަފުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އިތުރުން ކޮމިޔުނިޓީ ލީޑަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށެވެ.
ޔޫތް މިނިސްޓްރީއާއި ސްކީމް ޖަމިއްޔާ ގުޅިގެން “ވެށި- ބާރު” ގެ ނަމުގައި ކުރިއަށް ގެންދާ ޙަރަކާތުގައި ރާއްޖޭގެ 20 އަތޮޅެއްގައި 41 ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ވެށި- ބާރު ޕްރޮގްރާމުގެ ދަށުން ޒުވާނުންނާއި ޢުމުރުން ދުވަސްވީ މީހުންނާއި އަންހެނުންނާއި އަދި ސްކޫލް ކުދިންގެ އިތުރުން ކޮމިޔުނިޓީ ލީޑަރުންނާއި ސީއެސްއޯސް ތަކާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް ޚާއްޞަ ކޮށްގެން ތަފާތު އެކިކަހަލަ ކޮމިޔުނިޓީ ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.