މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން މުޅިން އަލަށް ދޭން ފަށާ ސިވިލް ސޮސައިޓީ އެވޯޑު ދިނުމުގެ ރަސްމިއްޔާތު މިރޭ ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް ޝަރަފްވެރިކޮށްދެއްވަވާ މި ރަސްމިއްޔާތު އޮންނާނީ މިރޭ 8:30 ގައި ސޯޝަލް ސެންޓަރުގައެވެ.
ސިވިލް ސޮސައިޓީ އެވޯޑް އަކީ ދިވެހިރާއްޖޭގެ ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާތަކުން ރާއްޖޭގެ މުޖްތަމަޢު ބާރުވެރިކުރުމުގެގޮތުން ހިލޭސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، އެ ޖަމްޢިއްޔާތަކުގެ އަގުވަޒަން ކުރުމުގެގޮތުން ދިނުމަށް ކަނޑައެޅިފައިވާ އިނާމެކެވެ.
– މަސައްކަތްތެރިކަން ކުރިއަރުވާ އާލާކުރުން
– މަސްތުވާތަކެތިން މުޖުތަމަޢު ރައްކާތެރިކުރުން
– ޞިއްޙީ ދާއިރާ އަދި ދުޅަހެޔޮ މުޖުތަމަޢަކަށް މަސައްކަތް ކުރުން
– ދިވެހިންގެ ސަގާފަތާއި އާދަކާދަތަކާއި، ތާރީޚީ ތަރިކަ، ދިވެހިބަސް ދިރުވުން
– ފަންނުވެރިކަން (އާޓްސް) އަދި (އައިސީޓީ) ދާއިރާ ދިރުވައި އާލާކުރުން
– އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުންގެ ހައްޤުތައް ހިމާޔަތްކޮށް އެފަރާތްތައް ބާރުވެރިކުރުވުން
– ސްޕެޝަލް ރިކޮގްނިޝަން އެވޯޑް (މުޖުތަމައު ބާރުވެރިކުރުމަށް ކައުންސިލް ނުވަތަ ޖަމްއިއްޔާތަކުން ހިންގާ ޕްރޮގްރާމްގެ ތެރެއިން ޔޫތު މިނިސްޓަރު ދެއްވާ ހާއްސަ އެވޯޑް)
މި އެވޯޑަށް އެދި ނަން ހުށަހެޅެނީ ދިވެހިރާއްޖޭގެ ޖަމިއްޔާތަކާ ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމިއްޔާތަކަށެވެ.