English Edition
Dhivehi Edition
6 ރަށެއްގައި ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ކޮންޓްރެކްޓަރުންނާއެކު ސޮއިކޮށްފިއެވެ.
ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމަށް ކޮންޓްރެކްޓަރުންނާއެކު ސޮއިކޮށްފައިވަނީ، ހދ. ނޮޅިވަރަން، ހަނިމާދޫ އަދި ގއ. ދާންދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިންގ ސިސްޓަމް ޤާއިމްކުރުމަށާއި، ފ.ބިލެތްދޫ އަދި ދ.މާއެނބޫދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ އިތުރުން، ލ.ގަން (މަތިމަރަދޫ) ގައި އައުޓްޑޯ ވޮލީކޯޓެއް ތަރައްޤީކުރުމަށެވެ.
މި އެއްބަސްވުންތަކުގެ ދަށުން ހދ.ނޮޅިވަރަމް ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ޔޫތު މިނިސްޓްރީން ހަވާލުކޮށްފައިވަނީ ތިޙްނާން އިންވެސްޓްމެންޓް އާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ މަސައްކަތް ފަށާތާ، 44 ދުވަހުގެ ތެރޭގައި ދަނޑުގައި ލައިޓް ހަރުކޮށް ނިންމަން ޖެހޭ ގޮތަށެވެ. މި ޕްރޮޖެކްޓް އަކީ ޔޫތު މިނިސްޓްރީގެ ބަޖެޓުން،2.578،324.11 ރުފިޔާ ހަރަދުކޮށްގެން ކުރިިޔަށްގެންދަން ނިންމާފައިވާ ޕްރޮޖެކްޓް އެކެވެ.
ހދ.ހަނިމާދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ޔޫތު މިނިސްޓްރީން ހަވާލުކޮށްފައިވަނީވެސް ތިޙްނާން އިންވެސްޓްމެންޓް އާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ މަސައްކަތް ފަށާތާ، 44 ދުވަހުގެ ތެރޭގައި ދަނޑުގައި ލައިޓް ހަރުކޮށް ނިންމަން ޖެހޭ ގޮތަށެވެ. މި ޕްރޮޖެކްޓް އަކީ ޔޫތު މިނިސްޓްރީގެ ބަޖެޓުން،2.573،849.83 ރުފިޔާ ހަރަދުކޮށްގެން ކުރިިޔަށްގެންދަން ނިންމާފައިވާ ޕްރޮޖެކްޓް އެކެވެ.
ހދ.ނޮޅިވަރަމް އަދި ހދ.ހަނިމާދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމްކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު މުހައްމަދު އެވެ. އަދި ތިޙްނާން އިންވެސްޓްމެންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ މުޙައްމަދު ލަތީފްއެވެ.
ގއ.ދާންދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ޔޫތު މިނިސްޓްރީން ހަވާލުކޮށްފައިވަނީވެސް ތިޙްނާން އިންވެސްޓްމެންޓް އާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ މަސައްކަތް ފަށާތާ، 43 ދުވަހުގެ ތެރޭގައި ދަނޑުގައި ލައިޓް ހަރުކޮށް ނިންމަން ޖެހޭ ގޮތަށެވެ. މި ޕްރޮޖެކްޓް އަކީ ޔޫތު މިނިސްޓްރީގެ ބަޖެޓުން،2.569،340.23 ރުފިޔާ ހަރަދުކޮށްގެން ކުރިިޔަށްގެންދަން ނިންމާފައިވާ ޕްރޮޖެކްޓް އެކެވެ.
ދާންދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ޔޫ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު ފުއާދު އެވެ. ތިޙްނާން އިންވެސްޓްމެންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ މުޙައްމަދު ލަތީފްއެވެ.
މީގެ އިތުރުން ފ.ބިލެތްދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމަށް ޔޫތު މިނިސްޓްރީން ވަނީ އާރު.ޖީ އިންޓަނޭޝަނަލް ޕްރައިވެންޓް ލިމިޓެޑް އާއެކު ކޮންޓްރެކްޓްގައި ސޮއިކޮށްފައެވެ. މި މަސައްކަތަކީ 2،702،632.16 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް އެކެވެ. މި މަސައްކަތް އާރު.ޖީ އިންޓަނޭޝަނަލް އާއި ހަވާލުކުރީ މަސައްކަތް ފަށާތާ 55 ދުވަސް ތެރޭގައި ނިންމަން ޖެހޭގޮތަށެވެ.
ފ.ބިލެތްދޫގެ އިތުރުން ދ.މާއެނބޫދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމަށް ޔޫތު މިނިސްޓްރީން ހަވާލުކޮށްފައިވަނީވެސް އާރު.ޖީ އިންޓަނޭޝަނަލް ޕްރައިވެންޓް ލިމިޓެޑް އާއެވެ. މި މަސައްކަތަކީ 2،702،632.16 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް އެކެވެ. މި މަސައްކަތް އާރު.ޖީ އިންޓަނޭޝަނަލް އާއި ހަވާލުކުރީ މަސައްކަތް ފަށާތާ 55 ދުވަސް ތެރޭގައި ނިންމަން ޖެހޭގޮތަށެވެ.
ފ.ބިލެތްދޫ އައި ދ.މާއެނބޫދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރ އަޙުމަދު ފުއާދުއެވެ. އާރު.ޖީ އިންޓަނޭޝަނަލްގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަޙުމަދު އާސިފްއެވެ.
މީގެ އިތުރުން ލ.ގަން (މަތިމަރަދޫ) އައުޓްޑޯ ވޮލީކޯޓް ތަރައްޤީކުރުމަށް ޔޫތު މިނިސްޓްރީން ހަވާލުކޮށްފައިވަނީ ގްރީންލައިން މޯލްޑިވްސް އާއެވެ. މި މަސައްކަތަކީ 1،374،178.01 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް އެކެވެ. މި މަސައްކަތް ގްރީންލައިން މޯލްޑިވްސް އާއި ހަވާލުކުރީ މަސައްކަތް ފަށާތާ 45 ދުވަސް ތެރޭގައި ނިންމަން ޖެހޭގޮތަށެވެ.
ލ.ގަން (މަތިމަރަދޫ) އައުޓްޑޯ ވޮލީކޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރ އަޙުމަދު ފުއާދުއެވެ. ގްރީންލައިން މޯލްޑިވްސްގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓްސް ޑިރެކްޓަރ ޢަބްދުﷲ ޞާލިޙްއެވެ.