English Edition
Dhivehi Edition
ފޮޓޯ: ގާފު އޮންލައިން

ޕީއޯއެސް އިން ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް އިސްލާމިކް ބޭންކުން ތަޢާރަފް ކޮށްފިއެވެ.

އެމްއައިބީން ބުނީ މި ޚިދުމަތް ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ލިބޭނެ ކަމަށާއި އެ ޚިދުމަތް ބޭނުންކޮށްގެން ފައިސާ ޖަމާކުރުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ފައިސާ ނަގާނަމަ 10 ރުފިޔާގެ ފީއެއް ނަގާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

އެ ބޭންކުން ބުނީ ކޮންމެ ދުވަހަކު ގިނަވެގެން 50،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށާއި ޕީއޯއެސް މެޝިނުން ދުވާލަކު ނެގޭނީ 5000 ރުފިޔާ ކަމަށެވެ.

އެ ބޭންކުގެ ކަސްޓަމަރުންނަށް މި ޚިދުމަތް ތަޢާރަފްކޮށްފައިވާ އިރު، އެ ބޭންކުގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.