English Edition
Dhivehi Edition
މޯލްޑިވްސް އިސްލާމިކް ބޭންކް - ފޮޓޯ: އެމްއައިބީ

އަގުހުރި އިނާމު ލިބޭ ޕްރޮމޯޝަނެއް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ފަށައިފިއެވެ.

އެ ބޭންކުން ބުނީ މިއީ “އުޖާލާ ދިރިއުޅުން” ސްކީމް މެދުވެރިކޮށް ބޭނުންވާ އެކި ސާމާނު ގަނެގެން, އަގުހުރި އިނާމު ލިބޭ ޕްރޮމޯޝަނެއް ކަމަށެވެ. އަދި ޢާންމު ދިރިއުޅުމަށް ބޭނުންވާ އެކި ވައްތަރުގެ މުދާ އުޖާލާ ދިރިއުޅުން ސްކީމް މެދުވެރިކޮށް ގަތުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.

އެ ބޭންކުގައި ރަޖިސްޓްރީވެފައިވާ ކުންފުންޏެއްގައި މަސައްކަތްކުރާ, ނުވަތަ އެބޭންކަށް މުސާރަ ޖަމާކުރާ ކޮންމެ ފަރާތަކަށް ވެސް މި ސްކީމްގެ ދަށުން މުދާ ގަނެވޭނެ ކަމަށާއި ކުލި ޖަމާކުރާތާ އެއް އަހަރު ވެފައިވާ ފަރާތްތަކަށް ވެސް މި ފެސިލިޓީގެ ދަށުން މުދާނެގޭނެ ކަމަށް އެމްއައިބީން ބުނެއެވެ.

މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް މި ޕްރޮމޯޝަން ފަށާފައިވަނީ މިދިޔަ ފެބްރުވަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.

އެގޮތުން އެއްވަނައަށްދާ ފަރާތަކަށް ސްކޫޕީ 2022 ގެ ސައިކަލެއް ދޭއިރު، ދެވަނައަށް ދާ ފަރާތަކަށް އައިފޯން 13 ޕްރޯ މެކްސް އެއް ލިބޭނެއެވެ. އަދި ތިންވަނައަށް ދާ ފަރާތަކަށް 65 އިންޗީގެ ސްމާޓް ޓީވީއެއް ލިބެއެވެ.

މީގެ އިތުރުން ޕާޓްނާޝިޕް ޕްރޮމޯޝަންތަކެއްގެ ދަށުން އެ ބޭންކުގެ ކަސްޓަމަރުންނަށް އެލިޔާއިން ސައިކަލު ގަންނަ ފަރާތްތަކަށް އެކި ވަރުގެ ޑިސްކައުންޓުތައް ލިބޭނެއެވެ. އަދި ހޮންޑާ މެރިންގެ ހުރިހާ އައުޓްބޯޑް އިންޖީނަކުން ތިން ޕަސެންޓުގެ ޑިސްކައުންޓު ލިބޭއިރު, ހުރިހާ އެކްސަސަރީއަކުން ހަތް ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެއެވެ. އަދި ރެފްކޫލްގެ ފިހާރަތަކުން މި މުއްދަތުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އެލްޖީ ފްރަންޓު ޑޯ ދޮންނަ މެޝިނެއް ވެސް ދިނުމަށް ހަމަ ޖެހިފައިވެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކަކީ އިސްލާމީ އުސޫލުތަކުގެ ދަށުން ރާއްޖޭގައި ބޭންކިންގެ ޚިދުމަތް ދޭންފެށި އެންމެ ފުރަތަމް ބޭންކެވެ.