ގދ. ތިނަދޫގައި އެމްއައިބީ އިން ސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ގދ. ތިނަދޫގައި މި ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިއަދު ތިނަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ތިނަދޫ ކައުންސިލްގެ ރައީސް ސައުދު ޢަލީ އާއި، ގދ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ އާއި އެމްއައިބީގެ މާކެޓިންގ ހެޑް އަދި ވަގުތީގޮތުން ރީޓެއިލް ބޭންކިންގ އާ ހަވާލުވެ ހުންނެވި، ހުސެއިން އާލިމް ޝަކޫރު އެވެ.
މިއީ އެމްއައިބީ އިން ގދ. އަތޮޅުގައި ގާއިމްކުރި މިިފަދަ ފުރަތަމަ އޭޓީއެމް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހުސެއިން އާލިމް ޝަކޫރު ވިދާޅުވީ މި އޭޓީއެމްގެ ޚިދުމަތާއެކު އަތޮޅުގެ ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް އެ ބޭންކުގެ ކަސްޓަމަރުންނަށް ލިބިގެން ދާނެ ކަމަށެވެ. ޚާއްޞަކޮށް ފައިސާ ޖަމާކުރުމުގެ ޚިދުމަތާއެކު މަސްވެރިންނަށް ވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
މި އޭޓީއެމް ގާއިމުކޮށްފައިވަނީ ތިނަދޫ ފެރީޓަރމިނަލް ސަރަހައްދުގައެވެ.