English Edition
Dhivehi Edition

ހއ، ހދ ށ، އަތޮޅުގައި ވޭސްޓް މެނޭޖްމެންޓް ޓްރާންސްފަރ ސްޓޭޝަނެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ އެ ތިން އަތޮޅުގައި އުފެދޭ ކުނި އެ ސަރަހައްދުގައި ޤާއިމްކުރެވޭ ވޭސްޓް މެނޭޖްމެންޓް ޓްރާންސްފަރ ސްޓޭޝަނަށް ގެންދިއުމަކީ އަމާޒެއް ކަމަށެވެ. އަދި މިކަމާބެހޭ މަޝްރޫޢުގެ ބަޖެޓު ވެސް މިދިޔަ ހަފުތާގައި އެޕްރޫވް ކުރެވިފައިވާ ކަމަށެވެ.

ރޭވިފައިވަނީ މިމަހުގެ ތެރޭގައި މިމަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކުރުމަށް ކަމަށާއި އެ ތިން އަތޮޅުގައި ވޭސްޓް މެނޭޖްމެންޓް މަޝްރޫޢަކީ ދިވެހި ސަރުކާރާއި އޮފިޑް ގުޅިގެން ހިންގާ މަޝްރޫއެއް ކަމަށް ވެސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.