English Edition
Dhivehi Edition

ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ގދ. ތިނަދޫ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފިއެވެ.

ގދ. ތިނަދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުން އޮންނާނީ މި މާރޗު މަހުގެ 16 ވަނަ ދުވަހުގެ 13:30 ގައި އެ ކައުންސިލްގެ ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ.

އެ މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް ކަމަށް ވެސް ތިނަދޫ ކައުންސިލުގެ އިޢުލާނުގައި ވެއެވެ.

އެ އިޢުލާނުގައި އިތުރަށް ބުނެފައިވަނީ މަޢުލޫމާތު ސާފުކުރުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ކަމަށާއި އެ މަސައްކަތަށް އަގު ހުށަހެޅުން އޮންނާނީ މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރު 13:30 ގައި ތިނަދޫ ކައުންސިލްގެ ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ.