English Edition
Dhivehi Edition

“މަކިޓާ ޖޫނިއަރ ޗެމްޕިއަންޝިޕްސް 2022” މުބާރާތް ކުރިޔަށްގެންދާ ތިނަދޫ ޒޯން ސްޓޭޑިއަމްގައި އާންމުފަރާތްތަކުން ކެންޓީން ހިންގާނެ ބިން ކުއްޔަށް ދޫކުރުމަށް އިއުލާންކޮށްފިއެވެ.

ތިނަދޫ ކައުންސިލުން ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަތުން 11 އޮކްޓޯބަރ 2022 އިން 13 އޮކްޓޯބަރ 2022 އަށް ރަސްމީގަޑީގައި މިއިދާރާއަށް ވަޑައިގެން ރަޖިސްޓަރީކުރުމަށް ވަނީ އެދިފައެވެ.

މީގެ އިތުރަށް ތިނަދޫ ކައުންސިލުން ބުނީ މިބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މި މުއްދަތުގައި ރަޖިސްޓަރީ ވާ ފާރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ކަމަށެވެ. ގުރުއަތު ނެގެން އޮންނާނީ 16 އޮކްޓޯބަރ 2022 ވާ އާދީއްތަ ދުވަހުގެ 13:00ގައި ތިނަދޫ ކައުންސިލްގެ އިދާރާގައެވެ.

“މަކިޓާ ޖޫނިއަރ ޗެމްޕިއަންޝިޕްސް 2022” ކުރިއަށް ދާނީ 23 އޮކްޓޯބަރު 2022 އިން 30 އޮކްޓޯބަރު 2022 އަށް ގދ.ތިނަދޫގައެވެ.