English Edition
Dhivehi Edition

ތިނަދޫ ކައުންސިލް އިދާރާގެ އައު އޮފީސް ޢިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށް، ކުރެހުންތައް ތައްޔާރުކޮށްދިނުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ގދ. ތިނަދޫގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލް އިދާރާގެ އޮފީސް އިމާރާތް ޑިޒައިންކޮށް، ކުރެންތަކާއި ބީއޯކިޔު، ޓެކްނިކަލް ސްޕެސިފިކޭޝަންސް އަދި ޓެންޑަރ ޑޮކިއުމަންޓްސް ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވާކަމަށް ތިނަދޫ ކައުންސިލުން ވަނީ އިއުލާނުކޮށްފައެވެ.

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މައުލޫމާތު ސާފުކުރެއްވުމަށްފަހު އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެކައުންސިލުން އެދެއެވެ. މިކަމާއި ގުޅޭ މައުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 14 އޮގަސްޓް ގެ ކުރިން އެއިދާރާއަށް ވަޑައިގެން ނުވަތަ އިދާރާގެ މެއިލް (info@thinadhoo*gov.mv) ދުވެރިކޮށް ރަޖިސްޓްރީ ކުރެއްވޭނެކަމަށް އެއިދާރާއިން ވިދާޅުވެއެވެ. މިކަމަށް ޝައުގުވެރި ވާފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 25 އޮގަސްޓް ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އެއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.