English Edition
Dhivehi Edition
ފޮޓޯ: އުރީދޫ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ “ސްޓާފް ޗެރިޓީ ރަން” ބާއްވައިފިއެވެ.

މި ދުވުމަށް ފަހު، ޑައިބެޓިކް ސޮސައިޓި އޮފް މޯލްޑިވްސްއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ހުޅުމާލޭގައި ބޭއްވި “ޗެރިޓީ ރަން” ނިންމާލުމަށްފަހު އެ ޖަމިއްޔާއަށް ބޭންކުން ވަނީ 50،000 ރުފިޔާ ހަދިޔާ ކޮށްފައެވެ.

ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ޗެރިޓީ ރަން ގައި މި އަހަރު 300އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި އަތޮޅުތެރޭގައި ބޭންކުން ގާއިމްކޮށްފައިވާ ބްރާންޗްތަކުގެ ބައެއް މުވައްޒަފުން ވެސް ވަނީ ބައިވެރިވެފައެވެ.