English Edition
Dhivehi Edition

ކޮވިޑް19އާ ގުޅިގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދޭން ނިންމައިފި އެވެ.

މިކަން ހާމަ ކުރުމަށް އެމްއައިބީން ނެރެފައިވާ އިޢުލާނެއްގައި އެ ބޭންކުގެ ވިޔަފާރިއާ ގުޅޭ އެކިއެކި ފައިނޭންސިން ފެސިލިޓީތަކާއި ގެދޮރު އިމާރާތް ކުރުމަށާއި ގެދޮރު ގަތުމަށް ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންގެ ތެރެއިން

ލުޔެއް ހޯދަން ބޭނުންވާ ކަސްޓަމަރުން އެކަމަށް ޚާއްސަ އެޕްލިކޭޝަން ފޯމު ފުރުމަށްފަހު [email protected] އީމެއިލް އެޑްރެހަށް ފޮނުވުމަށް އެދިފައި ވެއެވެ.

އެޕްލިކޭޝަން ފޯމު ފޮނުވުމުން އެމްއައިބީގެ ބިޒްނަސް ޓީމުން އެ ކަސްޓަމަރަކާ މަޝްވަރާކޮށް، އިންޓާނަލް އެސެސްމަންޓެއް ހެދުމަށްފަހު އެންމެ އެކަށީގެންވާ ލުއި ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ބުނެފައިވެއެވެ.

މިކަމާ ގުޅޭ އެޕްލިކޭޝަން ފޯމު މި ލިންކުން ޑައުންލޯޑު ކުރެވޭނެ އެވެ.

އެމްއައިބީން ބުނީ އެ ބޭންކުގެ ކޮންސިއުމާ ފައިނޭންސިން ފެސިލިޓީތަކާއި ޓްރޭޑް މުރާބައާ ފައިނޭންސިން ފެސިލިޓީ ނަގާފައިވާ ކަސްޓަމަރުންގެ ތެރެއިން އެހީ ބޭނުންވާ ކަސްޓަމަރުންނަށް ވެސް ލުއި ގޮތްތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮވިޑް19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެމްއައިބީ އިން ވަނީ އެ ބޭންކުގެ ބައެއް ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދޭން ނިންމާފަ އެވެ.

އެގޮތުން މިދުވަސްވަރު އެ ބޭންކަށް ފޮނުވާ ސިޓީއާއި އެހެނިހެން ލިޔުންތައް މެއިލްގެ ޒަރިއްޔާއިން ބަލައިގަންނަމުންދާއިރު، އެކައުންޓް ހުޅުވުމަށް އެދޭ ފޯމު ވެސް އެމްއައިބީގެ ވެބްސައިޓުން ލިބޭނެއެވެ.