English Edition
Dhivehi Edition
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެމްޑީޕީ ޕްރިމަރީގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގެ ތާރީހާ މެދު ދެބަސްވުން އުފެދިފައިވާތީ އިންތިހާބު ބާއްވާނެ ވަކި ތާރީހެއް ކަނޑައެޅުމަށް، ގައުމީ މަޖިލިސް ބާއްވައިދޭން އިންތިހާބާ ބެހޭ ކޮމިޓީން އެދިއްޖެ އެވެ.

އެމްޑީޕީގެ އިސް މަގާމުތަކަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބު، ބޭއްވުމަށް މީގެ ކުރިން ނިންމާފައިވަނީ އަންނަ އެޕްރީލްމަހުގެ 16 ވަނަ ދުވަހުއެވެ، މި އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ މިހާރު ކަނޑައަޅާފައިވާ ތާރީހު ރޯދަމަހާ ދިމާވާތީ، އެހެން ތާރީހެއް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފައެވެ.

އެ އިންތިހާބުގައި ދެން ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވީ އިންތިހާބު މިހާރު ކަނޑައަޅާފައި އޮތް ތާރީހުގައި ބާއްވަން ނުވަތަ އެއަށްވުރެ އަވަސްކުރުމަށެވެ. އެހެންނަމަވެސް އިންތިހާބު ބާއްވާ ތީރިހު ފަސްކުރުމަށް އިންތިވަނީ ދެކޮޅު ހައްދަވާފައެވެ.

ޗެއާޕާސަންގެ އިންތިހާބުގެ ތާރީހަށް ބަދަލެއް ގެންނަ ނަމަ އެކަން ކުރެވޭނީ ގައުމީ މަޖިލީހުން ފާސްކޮށްގެންކަމަށްވާތީ، އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން ވަނީ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ބާއްވައިދިނުމަށް އެދިފައެވެ.