English Edition
Dhivehi Edition

ގދ. ގައްދޫ މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ މެޝިނާއި ވެހިކަލްތައް އެރަށަށް މިހާރު ގެންގޮސްފައިވާ ކަމަށް އެ މަސައްކަތްކުރާ ކުންފުނި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫޢުގައި މިހާރުކުރިއަށްދަނީ މަސައްކަތް ކުރާ ސައިޓް ސާފުކުރުމާއި ތާރައިގެ މަސައްކަތް ކުރާ މީހުން މޮބިލައިޒް ކުރުމުގެ މަސައްކަތް ކަމަށެވެ.

އެރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މި މަޝްރޫއުގައި ގައްދޫގެ ރިންގްރޯޑް ހިމެނޭގޮތަށް 6 މަގެއް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ހެދުމަށް ނިންމާފައިވެއެވެ.

އެގޮތުން 6 ކިލޯމީޓަރުގެ މަގު ހެދުމަށް ނިންމާފަިއވާ އިރު، މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 510 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.138 މިލިއަން ރުފިޔާގެ މި މަޝްރޫއު އާރުޑީސީން ފަށާފައިވަނީ، 17 ފެބްރުއަރީ 2020 ގައެވެ.

1 ކޮމެންޓް
ހަސަނުގ
މާޗް 6, 2022
ފެނޭ. ކޮބާ އައްޑޫ މަގުތައް. ކޮނެކޮނެފަ، ފަސް އެބައަޅާ. ތާރު ކޮބާ؟