English Edition
Dhivehi Edition
އާރްޑީސީ އޮފީސް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރު ވަނީ

ރޭ ފުލުހުން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ރޯޑް ޑިވެލެޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖަރު ދޫކޮށްލައިފިއެވެ.

އާރްޑީސީގެ ހިޔާނާތުގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އިއްޔެ ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އާރްޑީސީ އޮފީހަށް ވަދެފައެވެ. އަދި އެ ތަނުން ބައެއް ލިޔެ ކިޔުންތައްވެސް ފުލުހުން ގެންގޮސްފައިވާއިރު ރޭގެ ވަގުތެއްގައި އެތަނުގެ މެނޭޖަރެއްގެ ގެޔަށް ވެސް ފުލުހުން ވަނީ ވަދެފައެވެ. އަދި އޭނާ އުޅޭ ތަން ފާސްކުރި އިރު ބަނގުރާ ހުސްކުރި ފުޅި އެއްގެ އިތުރުން މަސްތުވާ އެހެން ބާވަތެއް ވެސް ފެނިފައިވެއެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ ރޭ މާލޭގައި ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގެ އެއް ބަލާ ފާސްކޮށް 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ގެ ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އެއްކޮށްފައި ހުރި ތިން ބިޑި އާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ސެލޯފިން ކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން ކޯޓުން ޝަރުތުކުރުމަށްފަހު ދޫކޮށްލާފައި ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ޓެގު