English Edition
Dhivehi Edition
ގދ. ގައްދޫ - ފޮޓޯ: ގޫގުލް

މޯލްޑިވިސް ޕޮލިޓެކްނިކްގެ ގދ.ގައްދޫ ކެންޕަސްގައި އަތްތެރި މަސައްކަތްތަކާއި ގުޅޭ ކޯސްތަށް ފެށުމަށް ޕޮލިޓެކްނިކުން ތައްޔާރުވަމުން އަންނަކަމަށް ޕޮލިޓެކްނިކުން ބުނެފިއެވެ.

ގދ. ގައްދޫ އަދި ގއ. ވިލިގިއްޔަށް ޕޮލިޓެކްނިކުގެ ޓީމުން ކުރި ދަތުރުގައި އެރަށްތަކުގެ ކައުންސިލްތަކާއި އ.ތ،މ، ކޮމެޓީތަކުގެ އިތުރުން ޖަމިއްޔާތަކާއި އާންމުންނާއި ބައްދަލު ކޮށް އެ ރަށްތަކުގެ ކެމްޕަސްތަކުގައި ކުރިޔަށް ގެންދާނެ ކޯސްތަކާއި ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާ، ހިޔާލު ބަދަލުކޮށްފައެވެ.

މި ބައްދަލުވުންތަކުގެ ތެރެއިން އެރަށްތަކުގައި ތިބި ތަފާތު ދާއިރާތަކުގެ ފަންނުވެރިން ދެނެގަނެ އެފަރާތްތަކާއިއެކު މަޝްވަރާކޮށްފައިވާއިރު ޕޮލިޓެކްނިކުން ބުނީ ލިޔެލާޖެހުމާއި، ކަސަބުން ބޯވަޅުއެޅުން ފަދަ ނެތެމުންދާ ސަޤާފީ ފަންނުވެރިކަން ދިރުވުމަށް އަމާޒުކޮށް، ގދ. ގައްދޫގައި އަތްތެރިމަސައްކަތްތަށް ކުރަމުންދާ ފަރާތްތަކާއި ގުޅިގެން، އެ ދާއިރާގެ ކޯސްތަށް، އެ ރަށުގެ ޕޮލިޓެކްނިކް ކެމްފަސްގައި ކުރިއަށް ގެންދިޔުމާމެދު މަޝްވަރާކުރެވިފައިވާ ކަމަށެވެ.

އިތުރަށް ޕޮލިޓެކްނިކުން ބުނީ ދިވެހި ޒުވާނުންގެ ޝައުގުވެރިކަމާއި ހުނަރުވެރިކަން ހުރި ގިނަ ދާއިރާތައް”ދިވެހިންނަށް ޚާއްސަ” މަސައްކަތްތަކެއްގެ ގޮތުގައި އެކަށައެޅުމާއި، ކަނޑައަޅާ ރަށްރަށުގައި ދަނާލުތައް ބިނާކޮށް ރަށްރަށުގައި ތިބެގެން އެކި ދާއިރާތަކުން މީހުން ބިނާކުރުމަކީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ. އެހެންކަމުން އެކަންކަން ހާސިލްކުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކުން ކަމާއި ގުޅުންހުރި އިދާރާތަކާއިއެކު ގިނަގުނަ މަސައްކަތްތައް ކުރަމުން އަންނަކަން ވަނީ ފާހަގަކޮށްފައެވެ.