English Edition
Dhivehi Edition

ފްރެންޗް ލީގުގައި މިރޭ ނީސްއާއި ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި ސަސްޕެންސަނުގެ ސަބަބުން އެ ޓީމުގެ އިތުވާރު ފޯވާޑް ކީލިއަން އެމްބާޕޭއަށް ނުކުޅެވޭނެއެވެ. އެމްބާޕޭއަށް ސަސްޕެންޑް ވެފައިވަނީ ނިމިގެން ދިޔަ ފެބުރުއަރީ މަހުގައި ނަންޓޭސް އާއި ދެކޮޅަށް ކުޅެ 1-3 އިން ޕީއެސްޖީ ބަލިވި މެޗުގައި ދެއްކި ރީނދޫ ކާޑުގެ ސަބަނުންނެވެ.

ފްރެންޗް ލީގުގެ ޤަވާއިދު އޮންނަ ގޮތުން ރަސްމީ 10 މެޗުގައި ތިން ރީނދޫ ކާޑު ހަމަވެއްޖެ ނަމަ އެ ކުޅުންތެރިއަކު އެއް މެޗަށް ސަސްޕެންޑް ވާނެއެވެ. އެގޮތުން އެމްބާޕޭއަށް ސަސްޕެންސަން އައިސްފައިވަނީ މި ބުނި ޤަވާއިދުގެ ދަށުންނެވެ.

މިރޭ ނީސް އާއި ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި އެމްޕާޕޭއަށް ސަސްޕެންސަނުގެ ސަބަބުން ނުކުޅެވޭއިރު، އެޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ ބައެއް މުހިންމު ކުޅުންތެރިން ތިބީ އަނިޔާގައެވެ. އެގޮތުން ޕީއެސްޖީގެ އިތުބާރު ދެ ޑިފެންޑަރުން ކަމަށްވާ އަޝްރަފް ހަކީމީގެ އިތުރުން ސާޖިއޯ ރާމޮސް ވެސް ހުރީ އަނިޔާގައެވެ. އަދި މީގެ އިތުރުން އެންޑްރޫ ހެރޭރާ އާއި ލިއެންޑްރޯ ޕަރޭޑޭސް ވެސް ހުރީ އަނިޔާގައެވެ. ނަމަވެސް މީގެ ތެރެއިން އަޝްރަގް ހަކީމީ އާއި އެންޑްރޫ ހެރޭރާގެ އިތުރުން ޕަރޭޑޭސް ވަނީ މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން ޕީއެސްޖީގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ. ނަމަވެސް މުޅިން ފިޓް ނުވާތީ މިރޭގެ މެޗުގައި މި ކުޅުންތެރިންނަށް ކުޅެވޭނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފގައެވެ.

އެމްޕާޕޭ އަކީ ޕީއެސްޖީގެ ފޯވާޑް ލައިންގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިއެކެވެ. އެގޮތުން ޕީއެސްޖީގައި މިހާތަނަށް ކުޅުނު ގިނަ މެޗުތަކުގައި ޕީއެސްޖީން ޖަހާފައިވާ ލަނޑުތަކުގައި އޭނާގެ ހިއްސާ ބޮޑެވެ. އެމްބާޕޭ ވަނީ މިފަހަރުގެ ސީޒަނުގައި މިހާތަނަށް ކުޅެދިން 24 މެޗުގައި 14 ގޯލުޖަހައިދީފައެވެ.