ގދ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލު އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ޙަވާލުކޮށްފައިވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
ގާތްގަނޑަކަށް 7.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރާ މި މަސައްކަތުގެ އެއްބަސްވުމުގެ ދަށުން ގދ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގައި ނުނިމި ހުރި މަސައްކަތްތައް 300 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
ގދ.އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއި ކުރުން.
މި މަސައްކަތް ހަވާލުކުރެވުނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ.
1/2 pic.twitter.com/bwQPpV9FjN— Ministry of Education (@MoEdumv) March 3, 2022
މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ ޑރ. އައިޝަތު ޢަލީއެވެ. އަދި އަފާމީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަމީން މުޙައްމަދެވެ.