English Edition
Dhivehi Edition

ސްކޫލް ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ސާޅީހަކަށް މައްސަލަ ހުށަހެޅިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އައިޝަތު އަލީ މިހެން ވިދާޅުވީ ޕްރީ ސްކޫލް ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވުމާއި ގުޅިގެން، މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިހާތަނަށް ދަރިވަރުންނަށް ޖިންސީ ގޯނާ ކުރި މައްސަލަތަކާއި ގުޅިގެން 30 މީހަކު ވަޒީފާއިން ވަކިކޮށްފައިވާކަން ފާހަގަކުރައްވާފައިވެއެވެ. އަދި މިހާރުވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ހަތް މައްސަލައެއް ބަލަމުންދާ ކަން ފާހަގަކުރައްވަމުން އައިޝަތު އަލީ ވިދާޅުވީ ‘ޕެންޑިން’ ގައި ހުރި މައްސަލަތަކުންވެސް ކިރިޔާ ހެއްކެއް ފެނުނު ނަމަވެސް އެފަދަ މީހަކު ވަޒީފާއިން ވަކިކުރާނެކަމަށެވެ.

ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާކަން ފާހަކޮށް އައިޝަތު އަލީ ވިދާޅުވީ މިހާރު ފެންމަތިވެގެން އުޅޭ މައްސަލައިގައި ވެސް ވަރަށް އަވަހަށް ފިޔަވަޅުތައް އެޅިފައިވާ ކަމަށެވެ. މީގެ އިތުރުން މި މައްސަލައިގެ ތަހުގީގު ވަރަށް ބާރު ސްޕީޑެއްގައި ފުލުހުންވެސް ކުރިއަށް ގެންދާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އައިޝަތު އަލީ ވިދާޅުވީ ސްކޫލުތަކަކީ ދަރިވަރުންނަށް ރައްކާތެރި ތަނެއްކަމުގެ ޔަގީންކަން ބެލެނެވެރިންނަށްވެސް އަރުވާކަމަށެވެ. އަދި މި ފަދަ މައްސަލަ އެއް ފެންމަތިވެއްޖެ ނަމަ އެ މައްސަލައެއް ވަރަށް ސީރިއަސްކޮށް ބައްލަވާ ކަމަށާއި، އެ ފަދަ މައްސަލަތައް އަޅާނުލާ ދޫކޮށް ނުލާކަމަށް އައިޝަތު އަލީ ވިދާޅުވިއެވެ.