English Edition
Dhivehi Edition

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ރާއްޖެ ގެންނަން އިންޓަރޕޯލް ރެޑް ނޯޓިސް ނެރެފިއެވެ.

ދިވެހި ފުލުހުން ބުނީ އަލީ ވަހީދަށް ތުހުމަތުކުރެވޭ މައްސަލައިގާ ކޯޓަށް ހާޟިރުކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެން ނެރުނު ރެޑް ނޯޓިސް އާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހާ އެކުގައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކާ އެކު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި، މިދިޔަ އަހަރުގެ ޖުލައި މަހު އޭނާ ފުރުން މަނާކުރިނަމަވެސް އެ އަމުރު މުރާޖައާކުރުމުން އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލާފައެވެ.

މުއްދަތެއް ނެތް ގޮތަށް ބޭސްފަރުވާއަށްކަމަށް ބުނެ ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމުން އަލީ ވަހީދު މިހާރު ދިރިއުޅުއްވަނީ އިނގިރޭސި ވިލާތުގައެވެ. އަދި އަލީ ވަހީދު ޝަރީއަތަށް ހާޟިރު ކުރަން ކޯޓުއަމުރެއްނެރެ، އެކަމަކު ޝަރީއަތަށް ހާޟިރުކުރެވޭގޮތް ވަނީ ނުވެފައެވެ.

އެހެންވެ، ކްރިމިނަލް ކޯޓުން، އަލީ ވަހީދު ދެ މަހަށް ޖަލަށް ލާން ހުކުމްކޮށް، އެ ހުކުމް ތަންފީޒު ކުރަން އޭނާ ނުގެނެވިގެން އުޅެނިކޮށް، ނޮވެމްބަރު, 29, 2021 ގައި ކްރިމިނަލް ކޯޓުން އަނެއްކާ ވެސް ވަނީ އޭނާ ޝަރީއަތަށް ހާޟިރުކުރުމުގެ އަމުރެއް ނެރެފައެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ދިޔައީ އެ މައްސަލައިގައި ޖާމިނުވެފައިވާ އަސްހަދު އަލީ (އަޑުބަރޭ) ގެ މައްޗަށް ވަނީ 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ހުކުމް އިއްވިއިރު އަޑޭ ރާއްޖެއިން ބޭރުގައި ހުރިނަމަވެސް ފަހުން ރާއްޖެ އައިސް ވަނީ ކަރެކްޝަންސްއާ ހަވާލުވެފައެވެ. އޭނާ މިހާރު ހުރީ ޖަލުގައެވެ.