English Edition
Dhivehi Edition

ރީތި ރަށް ރިސޯޓު ކައިރީގައި އަޅާފައި އޮތް ދޯންޏެއްގައި، ސަމާ އައިލެންޑް ރިސޯޓުގެ ލޯންޗެއް ޖެހި މިއަހަރުގެ ޖޫން މަހު ކުރީކޮޅު ހިނގި އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވި ،ސ.މީދޫ ހަނދުވަރުމަތީގެ އަލީ ވަސީމު ނިޔާވެއްޖެއެވެ.

އުމުރުން 30 އަހަރުގެ އަލީ ނިޔާވީ އިންޑިޔާގެ ކޮޗިންގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް ދާދި ދެންމެގައެވެ.

އެކްސިޑެންޓުގައި ލިބުނު ސީރިއަސް އަނިޔާތަކަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން އަލީއަށް ވަނީ ފަރުވާ ދީފައެވެ.

އެ އެކްސިޑެންޓުގައި އަލީގެ ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، ބޮލުގެ އޮޕަރޭޝަނެއް ވެސް އޭޑީކޭގައި ވަނީ ކޮށްފަ އެވެ.

އަލީގެ އާއިލާއިން ބުނީ އަލީގެ ހަށިގަނޑު ރާއްޖެއަށް ގެނައުމުގެ މަސައްކަތް ރިސޯޓުން ކޮށްދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެކްސިޑެންޓަށް ފަހު އަލީގެ ބޭސްފަރުވާގެ ކަންކަމުގައިވެސް ސަމާ އައިލެންޑް ރިސޯޓުން ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.

އެ އެކްސިޑެންޓުގައި 14 މީހަކަށް އެކިވަރުގެ އަނިޔާވެގެން އޭޑީކޭގައި ފަރުވާ ދީފައިވާ އިރު، އޭގެ ތެރެއިން އެންމެ ބޮޑު އަނިޔާއެއް ލިބިފައިވަނީ ވަނީއަލީ ވަސީމް އަށެވެ.

2 ކޮމެންޓް
علي وحيد
އޮކްޓޯބަރު 13, 2019
إناالله وإناإليه راجعون آمين މަރުވެފިޔަ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރަށްވާށި
Ahmed
އޮކްޓޯބަރު 12, 2017
Innaalillaahi vainnaa ilaihi raajioon maaiy Allah ali Waseem alla ge furaanayah suvarugeyge mathiveri niumah minvaru kuravvaashi adhi aailaa ah keiytherikan dhevvaashi aameen ??