English Edition
Dhivehi Edition

ށ. ފުނަދޫގައި ޖެޓްސްކީ އެކްސިޑެންޓެއް ހިނގައި އުމުރުން 22 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.

މިއަދު މެންދުރުފަހުގެ ވަގުތެއްގައި ހިނގާ ދިޔަ މިއެކްސިޑެންޓާ ބެހޭ ގޮތުން ފުނަދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މި އެކްސިޑެންޓް ހިނގާފައި ވަނީ، ޖެޓްސްކީ ފަހަތުގައި އައްސާފައި އޮތް ފަންބެޑެއް ޖަހައިގެން ދުއްވަމުން ދަނިކޮށް،އަނބުރާލި ގަޑީގައި ވިއްސައިގެން ގޮސް މޫދުގައި ހުރި ލަކުޑި ޕޯސްޓެއްގައި ފަހަތުގައި އިން އެކަކު ޖެހިގެން ކަމަށެވެ. އަދި އެވަގުތު އެ ފަންބެޑްގައި ތިބި ދެމީހުންގެ ތެރެއިން އެކަކު ނިޔާވިކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދިނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ފުނަދޫގައި ދަށްފަޅުގައި ދުއްވި ޖެޓްސްކީއެއްގައި އައްސާފައި އޮތް ސީބެޑެއްގައި ތިބި ދެ މީހުންގެ ތެރެއިން އެކަކު ފުންމާލި ކަމާއި، އަނެއް މީހާ ވިއްސައިގެން ގޮސް ގޮނޑުދޮށުގައި ހުރި ހަޓެއްގެ ތަނބެއްގައި ޖެހުމުގެ ސަބަބުން އެޒަވާނާއަށް އަނިޔާލިބި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވި ގޮތުގައި ފުލުހުންނަށް އެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 16:00ގައެވެ.

އަދި މިހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ވިދާޅުވިއެވެ.