English Edition
Dhivehi Edition

ރ. މަޑުއްވަރީގައި ބޭން އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސެލްފް ސަރވިސް އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.

ބީއެމްއެލް އިން ބުނީ މި ސެންޓަރުގެ ޚިދުމަތް ވެސް 24 ގަޑި އިރު ލިބޭއިރު، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ ޚިދުމަތް ލިބޭނޭ ކަމަށެވެ. އަދި ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ވެސް ލިބޭނޭ ކަމަށް ބުންޏެވެ.

ރ. މަޑުއްވަރީގައި ފެށި މި ޚިދުމަތާއެކު އެ އަތޮޅު އުނގޫފާރާއި މީދޫގައި ސެލްފް ސަރވިސް ބޭންކިންގ އާއެކު ގާއިމްކޮށްފައިވާ ދެ ބްރާންޗް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދެމުންދާނެއެވެ. އަދި 3 ރަށެއްގައި ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް ވަނީ ގާއިމުކޮށްފައެވެ.

މުޅި ރާއްޖެ ހިމެނޭ ގޮތަށް ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 79 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 137 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން އެބަތިއްބެވެ.