ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާ އާއި ގުޅިގެން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްގެ އެހީ ލިބުން އަވަސް ކުރުމުގެ ގޮތުން އެގައުމުން ކަރަންޓުގެ އަގު %66 އަށް ބޮޑުކޮށްފިއެވެ.
ކަރަންޓުގެ އަގު ބޮޑުކުރުމުގެ ސަބަބުން މިހާރުވެސް %54.2 ގައި އިންފްލޭޝަން އޮތް ސްރީލަންކާގެ ރައްޔިތުންނަށް އިތުރު ތަކުލީފަކާއި ކުރިމަތިލާންޖެހޭ އިރު އެގައުމުގެ ހަކަތައާއި ބެހޭ ވަޒީރު ކަންޗަނާ ވިޖެސެކެރާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަވަމުން ވިދާޅުވީ މިއީ އާންމުންނަށް ޚާއްސަކޮށް ފަގީރުންނަށް އުނދަގޫ ކަމެއްކަން އެނގޭ ކަމަށާއި ލަންކާ އޮތީ މާލީ ދަތިކަމެއްގެ ތެރޭގައި ކަމަށް ވުމުން ކޮސްޓް ރިފްލެކްޓިވް ޕްރައިސިން އަށް ދިއުން ނޫން ގޮތެއް ނެތްކަމަށެވެ.
އަޅުގަނޑުމެން އުންމީދު ކުރަނީ މި ފިޔަވަޅާއެކު ލަންކާއަށް އައިއެމްއެފްގެ ޕްރޮގްރާމް ހޯދުމާއި ގާތަށް ދެވޭނެ ކަމަށް.” ލަންކާގެ ހަކަތައާއި ބެހޭ ވަޒީރު ކަންޗަނާ ވިޖެސެކެރާ ވިދާޅުވިއެވެ.
ވިޖެސެކެރާ ވިދާޅުވި ގޮތުގައި ކަރަންޓުގެ އަގު ބޮޑުކުރުމުގެ ސަބަބުން ސަރުކާރުގެ ސަބްސިޑީތައް ހުއްޓާލުމުން އުފެދޭ ފަރަގު ފޫބެއްދުމަށް ހަކަތައާއިބެހޭ ވުޒާރާއިން އެހީތެރިވެދޭނެއެވެ. އަދި ދިގު މުއްދަތުގެ ތެލުގެ ކޮންޓްރެކްޓްތައް ރަނގަޅަށް ބެލެހެއްޓުމަށް ވެސް އެހީތެރިވެދޭނެ ކަމަށް ވިޖެސެކެރާ ވިދާޅުވިއެވެ.