English Edition
Dhivehi Edition

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ ކެމްޕެއިން ޓީމުން އަންނަނީ ފުވައްމުލައް ސިޓީގައި ފޯރިގަދަ ކެމްޕެއިނެއް ކުރަމުންނެވެ.

މި މަހުގެ 26 ވަނަ ދުވަހު އިންތި އަށް ފުވައްމުލައް ސިޓީ އެއާޕޯޓުން، އެމްޑީޕީގެ ސަޕޯޓަރުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އިންތިގެ ކެމްޕެއިން ޓީމުން ފުވައްމުލައް ސިޓީގެ ހުރިހާ އަވަށެއްގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާއި ބައްދަލު ކޮށް، ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އިންތިގެ ކެމްޕެއިން ޓީމުން ބުނީ އެ ޓީމުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް އެމްޑީޕީގެ ސަޕޯޓަރުންނާއި ބައްދަލުކުރުންކަމަށެވެ.

އެމްޑީޕީގެ ޗެއާޕަސަންގެ އިންތިހާބުގެ ފޯރިގަދަވެފައިވާ މި ދުވަސްވަރު، އިންތިގެ އިތުރުން މި އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ގެންދަވަނީ ރާއްޖޭގެ އެކި ރަށްތަކަށް ޒިޔާރަތްކޮށް ފޯރިގަދަ ކެމްޕެއިނެއް ކުރައްވަމުންނެވެ،

އެމްޑީޕީގެ އިސް މަގާމުތަކަށް މެންބަރުން ހޮވުމަށްޓަކައި ބާއްވާ އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ.