English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް އެމްވީ

ފުވައްމުލަކު ސިޓީ ފޮލިހުން ތަހުގީގު ކުރަމުންދާ، ވައްކަމުގެ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ހޯދަމުން ދަނީ އަޙްމަދު ޝަފްރާޒް، ޏ. ފުވައްމުލައް / މިސްކިތްމަގު. ކެމީ، (37އ)ކެވެ.

ފުލުހުން ބުނީ ފުވައްމުލަކު ސިޓީ ފޮލިހުން ތަހުގީގު ކުރަމުންދާ، ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ފުވައްމުލައް ސިޓީ ޕޮލިހަށް އޮގަސްޓް 25 ވަނަ ދުވަހުގެ 13:00 އަށް ހާޒިރުވުމަށް ވަނިީ އަންގާފައެވެ.